ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
އެމްޑީޕީގެ 48 މެންބަރަކު ސޮއިކުރައްވައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
މި މައްސަލަ ބަލައިގަނެ މި މަހުގެ 12 ވަނަ ދުވަހު ނަޝީދަށް ނޯޓިސް ފޮނުވާފައިވާއިރު ނޯޓިސްގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.
އެ ދުވަހުގެ 09:00 ގައި ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ހަމައެކަނި ނަޝީދުގެ މައްސަލައެވެ.
![]()
