ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފި

Loading

Facebook
Twitter
WhatsApp

ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރީ މާލެ ސަރަހައްދަށެވެ.

މި ޚިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ.

ހެލްތު މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި މި ޚިދުމަތް  ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށްފައެވެ. މި ކޯލް ސެންޓަރުގެ ނަންބަރަކީ 100 އެވެ.

މި ޚިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގައި ވީހާވެސް އަވަހަށް އެޓެންޑްވެ, ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއަރގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. 

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި މި ޚިދުމަތް ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ އޭރިއާގެ ހޮސްޕިޓަލްތަކާއި ގައުމީ އެމްބިއުލާންސް ޚިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން މި ޚިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މުސްތަގުބަލްގައި އެކި ސަރަހައްދުތަކަށް ބަހައިލެވިގެން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް