މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަ ނޮވެމްބަރު މަހުގައި އިއުލާނުކުރަނީ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް އަންނަ ނޮވެމްބަރު މަހުގެތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ މާޗުމަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއިި އެއީ ގާނޫނު އޮތް ގޮތުން ދިމާވާ ކަމެއް ކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަ މަހުގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރުމަހުގެ ތެރޭގައި އާންމު ކުުރުމަށް މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން އާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.“

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ފައިނަލްވުމުން އެ ދާއިރާތަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ހިއްސާ ކުރުމަށްޓަކައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލައި އާންމު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީސީއިިން ވަނީ މަޖިލީހުގެ އަންނަ ދައުރަށް 93 މެންބަރުން އިންތިޚާބުކުރަން ނިންމައިފައެވެ. މިހާރު ތިއްބަވާ 87 މެމްބަރުންގެ ބަދަލުގައި 93 އަށް މެންބަރުންގެ އަދަދު އިތުރުކުރަން ނިންމީ އާބާދީގެ ނިސްބަތަށް ބަލައި ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް