އެމެރިކާ ހަނގުރާމަމަތީ އުޅަނދަކުން ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތައް ނައްތާލުމުގައި 9 ގަޑިއިރު ހޭދަކުރި

Loading

Facebook
Twitter
WhatsApp

ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތަކެއް ހުއްޓުވުމުގެ މަސައްކަތުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކުން ބުރާސްފަތި ދުވަހު 9 ގަޑިއިރު ހޭދަކުރިކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އެގޮތުން އޭނާ ބުނީ 4 ކްރޫޒް މިސައިލާއި 15 ޑްރޯން ހުއްޓުވާފައިވާ ކަމަށާއި، މިއީ މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މީގެ ކުރިން ހުއްޓުވަން ޖެހުނު އަދަދެއް ނޫންކަމަށެވެ. 

”ޔޫއެސްއެސް ކާނީ“ ނަމަކަށް ކިޔާ އާރލޭ-ބާރކް ކްލާސްގެ މި ހަނގުރާމަމަތީ އުޅަނދު ބުދަ ދުވަހު ސުއޭޒް ކެނެލް ހުރަސްކޮށް ދެކުނަށް ދަތުރުކުރިއިރު، މި މިސައިލްތަކާއި ޑްރޯންތަކާއި ކުރިމަތިލާފައިމިވަނީ ރެޑް ސީއިން އުތުރަށް ކުރި ދަތުރުގެ ތެރޭގައެވެ. މި މިސައިލުތައް ދަތުރު ކުރަމުންދިޔަ ގޮތަށް ބަލައި، އެއީ އިސްރާއީލާއި ދިމާލަށް މިސްރާބު ޖަހާފައިހުރި ޕްރޮޖެކްޓައިލްތަކެއް ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް އެމެރިކާގެ ޕެންޓަގަންގެ އޮފިޝަލުން ބުނެފައިވެއެވެ. 

ގާޒާއިން ބޭރުން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި މިފަދަ އަސްކަރީ ހަތިޔާރު ބޭނުންކުރަމުން ދިޔުމަކީ ގާޒާގެ ބޯޑަރުން ބޭރަށް މި ހަނގުރާމަ ގޮސް މައްސަލަ ހޫނުވެގެން ދިޔުމުގެ ފުރުސަތު ބޮޑުކަން ހާމަވާ އަލާމާތެކެވެ. 

ޕެންޓެގަންގެ ޕްރެސް ސެކްރެޓަރީ ބްރިގޭޑިއާ ޕެޓް ރައިޑާ ބުނެފައިވަނީ، ގަބޫލުކުރެވޭ ގޮތުގައި މި މިސައިލުތައް ފޮނުވާލާފައިވަނީ އިރާނުގެ ސަޕޯޓާއެކު ޔަމަނުގައި މަސައްކަތްކުރާ ހޫތީ ސިފައިންކަމަށާއި، އެއީ އިސްރާއީލާއި ދިމާއަށް ފޮނުވާލެވުނު މިސައިލްތަކެއް ކަމަށެވެ. ލޭންޑް-އެޓޭކް ކްރޫޒް މިސައިލްގެ ތިން މިސައިލާއި، ގިނަ އަދަދެއްގެ ޑްރޯން ހުއްޓުވިކަމަށް ރައިޑާ ބުނެފައިވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް