އޮކްޓޫބަރު 7 ގެ ފަހުން އިސްރާއީލުން ގާޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 31 މިސްކިތެއް ހަލާކުކޮށްލާފައިވާކަމަށް ގާޒާގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސްއިން ހާމަކޮށްފިއެވެ.
އެ ވުޒާރާގެ ބަޔާނަކާ ހަވާލާދީ ތުރުކީއާއި އެހެން އަރަބި މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި އިތުރު ފަސް މިސްކިތެއް ސުންނާފަތިކޮށްލުމާއެކު މިއަދަދު 26 ގައި ހުރުމަށްފަހު 31 އަށް ވަނީ އިތުރުވެފައެވެ.
އިސްރާއީލަށް ވާގިވެރިވުމަށްޓަކައި އެމެރިކާއިން އެ ގައުމުގެ އެންމެ ބޮޑު ހަނގުރާމަމަތީ އުޅަނދު ފޮނުވުމުން، އިރާނާއި ހިޒްބުﷲ ގެ އެއްވެސް ކައުންޓަރ ހަމަލާއަކާއި ނުލައި އިސްރާއީލުން ބޭނުން ވަރަކަށް އާންމުން ގަތުލުކުރުމުގެ ބާރު ލިބިގެން ދިޔައީ ކަމަށް އެ ގައުމަށް ހީކުރެވެނީއެވެ.