ފަލަސްތީނުގެ މިނިވަން ދައުލަތެއް އިރުމަތީ ޖެރޫސަލަމްގައި ގާއިމް ކުރަންޖެހޭނެ- ރަޝިޔާ

Loading

October 18, 2023
profile
Facebook
Twitter
WhatsApp

ރަޝިޔާއިން ޚަބަރުދީފައިވާ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައެޅި ވުޖޫދު ކުރުމަށް ތާޢީދުކުރައްވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ 2 ދައުލަތުގެ ގަރާރުގައި ބުނެފައިވާ ފަދައިންއިސްރާއީލާއި ފަލަސްތީނުން މަޝްވަރާކޮށްގެން މިގޮތަށް ނިންމަންޖެހޭކަމަށާއި އަދި ކިތަންމެ ގިނަ ސުލްޙައިގެ މަޝްވަރާ ތަކެއްކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ދެ ދައުލަތް އުފެއްދުމަށް ތާއީދުކުރާ ކަމަށް ބުނެބުނެ ތިބުމަކުން ސުލްޙަ ގާއިމް ކުރެވިދާނެކަމަށް ދެކިވަޑައި ނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލަށްވެސް މިނިވަންކަމާއި އެކު ދިރިތިބުމުގެ ޙައްގު ލިބެން ޖެހޭނެކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައިވެސް 2 ދައުލަތް އުފެއްދުން ނޫންގޮތެއް ފެނިވަޑައި ނުގަންނަވާކަމަށެވެ.                                                           

ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އޮކްޓޯބަރ 11 ވަނަ ދުވަހު ފަލަސްތީނުގެ ޙަމާސް އިން އިސްރާއީލަށް ދިން ޙަމަލާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން ގެންދާ ރައްވެހިކުރުމުގެ ޕްރޮގްރާމް ތަކާއި ފަލަސްތީނުގެ ރައްޔިތުންގެ އެންމެހާ ޙައްގުތައް ނިގުޅައިގެންފާ އޮތުމުގެ ސަބަބުން މެދުވެރިވަމުންދާ ކުރިމަތިލުން ތަކެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ.

މިހާރު އުފެދިގެން އުޅޭ އުދުވާނީ ޙަމަލާތަކަކީ އާންމުގޮތެއްގައި މުޅި އިސްލާމީ އުންމަތަށް ކުރެވޭ ބޭ އިންސާފެއް ކަމަށްވެސް ދެކިވަޑައި ގަންނަވާ ކަމަށެވެ.                                                                 

ޙަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ކުޑަކުދިން ގަތުލުކޮށް އަންދާކަމަށް ބުނެ ހަދަމުން ގެންދާ ދޮގުބޮނޑި ހިފައިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މިހާރު އުޅުއްވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އެ ދޮގުތައް ވިއްކަވާށެވެ. 

އިއްޔެ ގަތަރަށް ވަޑައިގެން އެގައުމުގެ ވެރިންނަށް ދޮގުތައް ވިއްކުމަށްފަހު ހުކުރުދުވަހު ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސް އާއި ޖޯރޑްންގެ ރަސްގެފާނު އަބްދުﷲ އާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ. ޚަބަރުތައް ބުނާގޮތުގައި މާބޮޑު ކާމިޔޭބީއެއް ލިބިފައެއް ނެތެވެ.

މިވަރުން ނުފުދިގެން މެލޭޝިޔާއަށްވެސް ގެންދަނީ ފިއްތުން ކުރިމަތި ކުރަމުންނެވެ. މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެފައިވަނީ ކިތަންމެ ވަރަކަށް ފިއްތުން ކުރިމަތި ކުރި ނަމަވެސް މެލޭޝިޔާއިން ފަލަސްތީނުގެ ޙަމާސް އަށާއި ފަލަސްތީނަށް ކުރަމުންގެންދާ ތާއީދު ބަދަލު ނުކުރެވޭނެކަމަށެވެ. 

މިދިޔަ ހޯމަދުވަހު ޕާރލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތަކުންވެސް ޙަމާސްގެ ޙަމަލާ ކުށްވެރިކުރަން ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާ ކަމަށާއި އެހެންނަމަވެސް ހުޅަނގުގެ ވިސްނުމަށް މިކަމުގައި އެމަނިކުފާނު ތާއީދު ނުކުރައްވާނެކަން ދަންނަވަމުން ގެންދަވާ ކަމަށެވެ.

އަންވަރު އިތުރަށް ވިދާޅުވީ ގާޒާގައި ޙަމާސްއިން ވެރިކަންކުރަނީ ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރައްވައިގެން ކަން ކޮންމެ ގައުމަކުންވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަށާއި ނަސްލީ އިމްތިޔާޒާއި އިންސާނީ ޙައްގުތައް ގަދަބާރުން ފޭރިގަތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. 

ހުޅަނގުން ބޭނުން ނުވާ ކޮންމެ ވެރިޔަކު ބާރުގެ ބޭނުންކޮށްގެން ހޫރާލެވިގެންނުވާނެއެވެ.

މެލޭޝިޔާއިން މިހާރުވެސް ގެންދަނީ އ. ދ. ގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށްގެން ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދަން މަސައްކަތް ކުރަމުންނެވެ.އަބަދުވެސް މެލޭޝިޔާއަކީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރާ އެނހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން މެލޭޝިޔާގެ ފްރީ ސްކޯލަރޝިޕްގެ ދަށުން އެތަކެއް ސަތޭކަ ކިޔާވާކުދެމުން ގެންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް