އެމެރިކާގެ ޚާރިޖީވަޒީރު ސަޢޫދީ އެރޭބިޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރަން ވަޑައިގަތުމުން އެތައް ގަޑިއިރުވަންދެން ރޭގަނޑާއި އެކުބޭންދުމަށްފަހު މިހާރު ބައްދަލު ކުރެވެން ނެތްކަން އަންގަވައިފިއެވެ.
ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބެލެވޭ އެންމެ އިސް ޑިޕްލޯމެޓަށް މިއަށްވުރެން ބޮޑު އިންސަލްޓެއް ނުކުރެވޭނެއެވެ. ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ބްލިންކަން އުންމީދު ކުރައްވައިގެން ހުންނެވީ ހޮނިހިރު ދުވަހު ހަވީރު ވަލީއަޙްދު (އެމް.ބީ.އެސް) އާއި ބައްދަލު ކުރެއްވުމަށެވެ.
އެކަމަކު ވަލީއަޙްދު ވަޑައިގަތީވެސް އަނެއް ދުވަހުއެވެ. މީޑިއާތަކުން ބުނެފައިވާގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވަޑައިގަތީ ފަލަސްތީނުގެ ޙަމަލާތައް ކުށްވެރިކުރުވުމަށް ސަޢޫދީ އެރޭބިޔާއަށް ބާރު އެޅުމަށެވެ.
ގަލްފް ސަރަޙައްދުގައި ހިމެނޭ އެމެރިކާގެ ހުރިހާ ވަފާތެރިން ކައިރިއަށް ޚާރިޖީ ވަޒީރު ބްލިންކަން މިކަމާއި ގުޅޭގޮތުން ސަލާމް ޖެހުމަށްވަނީ ވަޑައިގެންފައެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް އަރަބި ގައުމަކުން ފަލސަތީނުގެެ ޙަމަލާތައް ކުށްވެރިކޮށްފައެއް ނުވެއެވެ.
އާދީއްތަދުވަހުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ބްލިންކަން ގެ ވާހަކަފުޅަށް ރައްދު ދެއްވައި ވަލީއަޙްދު ވިދާޅުވީ އެންމެފުރަތަމަ އިސްރާއީލުގެ ޙަމަލާތައް ހުއްޓާލުމަށާއި ގާޒާ ހިސާރުކޮށްފައި އޮތް އޮތުން ދޫކޮށްލައި އެތަނުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ބޭނުންވާ އެންމެހާ ވަސީލަތްތައް ފޯރުކޮށްދެވޭ މަގުތައް ހުޅުވައި ތަނަވަސްކޮށް ދިނުމަށެވެ.
ސަޢޫދީ އެރޭބިޔާއާއި އެމެރިކާއިން މިހާރު ކަންކަމާއިމެދު ދެކޭގޮތުގެ ތަފާތު އެހިސާބުން އެނގިގެން ހިނގައްޖެކަމަށް ރިޕޯރޓް ތަކުގައި ބުނެފައިވެއެވެ.
ރައީސް ބައިޑަން ބޭނުންފުޅުވަނީ ފަލަސްތީނުގެ ގާޒާގެ ސަރުކާރު ހިންގާ ޙަމާސް އެއްކޮށް ވުޖޫދުން ފޮހެލުމަށެވެ.
މިހާތަނަށް ސަޢޫދީ އެރޭބިޔާ އަކީ މެދުއިރުމަތީގައި އޮތް އެމެރިކާއަށް އެންމެ ވަފާތެރި ގައުމު ކަމުގައި ބެލެވިގެން ދިޔައެވެ. އެހެންނަމަވެސް ވަލީއަޙްދު މުހައްމަދު ބިން ސަލްމާނުގެ ވެރިކަމުގައި މިހާރު ސަޢޫދީން ބޭނުންވަނީ އަމިއްލަ މިސްރާބަކަށް ގައުމައިގެން ދަތުރު ކުރުމަށެވެ.
އެ މިސްރާބު އަމާޒުވެފައިހުރީ އެމެރިކާއާއި ދުރަށްޖެހި އަދި ޗައިނާއާ ދިމާލަށް ކަމުގައިވެސް ބުނެވިދާނެއެވެ. އެގޮތުން އެމެރިކާގެ ޢަދުއްވެއްކަމުގައި އަބަދު ބަލަމުންގެންދިޔަ ފާރިސީން (އީރާން) އާއި ސަޢުދީންވަނީ ޗައިންގެ ސަޕޯޓާއިއެކު މިދިޔަ އަހަރުންސުރެ ވަރަށް އެކުވެރި ގުޅުމެއް އުފައްދައިފައެވެ.
އެހެން ޚަބަރުތަކުން އެނގޭގޮތުގައި މިހާރު ހިނގަމުންދާ ޒައިނިސްޓުންގެ މިހަނގުރާމަ ނުހުއްޓުވައި ދިގުދެމިގެން ހިގައްޖެނަމަ ދެން ވާނެގޮތަކާއިމެދު ހަމަބުއްދީގައި ވިސްނުމަށް އެމެރިކާ ސިފައިންގެ ކުރީގެ ޖެނެރަލް ޑޭވިޑް ޕެޓްރޮނާސް އިސްރާއިލަށާއި އެމެރިކާއަށް ގޮވާލައްވައިފިއެވެ.
އޭނާ ވިދާޅުވެފައިވަނީ އިރާގު ހަނގުރާމަށްފަހު ފާއިތުވެގެން މިދާ 20 އަހަރުގެ ތަޖްރިބާއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިރާގު ހަނގުރާމަ ނިންމައި ސައްދާމް ހުސައިންގެ ވެރިކަން ނިންމާއި ދޮގުބަހަނާ ދައްކުވައި ދަންޖައްސާ މަރާލުމަށްފަހު ދެން ގަސްދުކޮށްފައިވާ ގޮތަކާއިމެދުއެދުވަހުވެސް ސުވާލު ކުރިން ކަމަށެވެ. އެކަމަކު ލިބުނު ޖަވާބަކީ ފަހުންކުރަންވީ ކަންތައް އަހަރެމެންނަށް އެނގޭ ކަމަށެވެ.
އެމެރިކާގެ ސިފައިން ދޮގުބަހާތައް ދައްކައި އިރާގަށް ވަދެގަތްއިރު އެގައުމުގެ ތާޢީދު ލިބިގެން ދިޔަތަން ފެނުނެވެ. އެކަމަކު ހަނގުރާމަ ނިމުމާއިއެކު އެ ތާޢީދު ސުމަކަށް ވެއްޓިގެން ހިނގައްޖެއެވެ. ހެދި ހުރިހޭ ދޮގުތަކެއް ބޭޒާރު ވީއެވެ.
އެމެރިކާ ސިފައިންނާއި ދެކޮޅު އެތައް ޖަމާއަތެއް އިސާހިތަކު އުފަންވެ އެތައްހާސް އެމެރިކާ ސިފައިންގެ ކަށްވަޅުކަމުގައި އިރާގު ވެގެން ދިޔައީއެވެ. އިސްރާއީލުގެ ވެރިން މިކަމާދޭތެރޭ ވިސްނާ ފިކުރު ކުރާނެކަމަށް އަހަރެން އުންމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ފަހުން ފަލަސްތީނާއި ގާޒާއަކީ ހަނދާން ނައްތާލެވޭނެ ތަންތަނެއް ނޫނެވެ.
މިދިޔަ އާދީއްތަދުވަހު ރައީސް ބައިޑަންގެ ޕްރޮގްރާމް “ 60 މިނިޓް“ ގައި އިސްރާއީލުން ގާޒާއަށް އަރާގަތުމަކީ ހެދޭނެ އެންމެ ބޮޑު ނުބައި ކަމަށް ވިދާޅުވީ ކީއްވެގެންކަން ވިސްނަން ޖެހޭނެއެވެ. އެހެނަސް ބައިޑަންގެ ބަސްމަގު ހުންނަގޮތުން މާދަމާ ވިދާޅުވާނީ ކީކޭކަމެއް ބުނާކަން ނޭގޭނެއެވެ.