ފަލަސްތީނަށްޓަކައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރުމަށް ނަން ދީފައިވާ ބޭމުސާރީންގެ އަދަދު 2.5 މިލިއަނަށް އަރާފައިވާކަމަށާއި، ބޭނުންޖެހިއްޖެނަމަ މީގެތެރެއިން ގިނަ މީހުން ހިޒްބުﷲގެ ސަފުތަކުގައި ބައިވެރިކޮށްގެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިރާނުން ބުނެފިއެވެ.
އެހެން އަރަބި އަދި މުސްލިމް ގައުމުތަކުގެ އަސްކަރީ ބާރުތަކުންވެސް އެއްބާރުލުމެއް ލައިފިނަމަ މި އަދަދުތައް މިއަށްވުރެ ވެސް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
މިވަގުތު އެންމެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުންދަނީ އިސްރާއީލާއި ލުބުނާނާއި ދެމެދުގައި އޮންނަ ބޯޑަރުގައި ހިޒްބުﷲ އަދި އިސްރާއީލު ސިފައިންގެ ދެމެދުގައެވެ. މި ހަމަލާތައް ކުރިއަށްދަނީ އިސްރާއީލުގެ މެޓުލާ ސިޓީގައެވެ.
އިސްރާއީލުގެ އަލް-އާދިސާ އަދި ކަފްރް ކިލާ ކުރިމަތީގައި އޮންނަ ފާރުގައި ހުރި ސާވެލެންސް ކެމެރާތަކަށް ހަމަލާދީ ހިޒްބުﷲ އިންވަނީ އެތަކެތި ބޭނުން ނުކުރެވޭގޮތް ހަދާފައެވެ. ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ ދެ ޓޭންކު ވެސް ހަލާކުކޮށްލާފައެވެ.
އިސްރާއީލު ސިފައިންގެ ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކުން ލުބުނާނުގެ އަސްކަރީ އިމާރާތްތަކަށް ހަމަލާދެމުންގެންދާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.