އިސްރާއީލާގެ ޖަރީމާތައް ކުރިއަށްގެންދާނަމަ މެދުއިރުމަތީގެ ޗާޓް ބަދަލުވާނެ -އީރާން

Loading

October 17, 2023
profile
Facebook
Twitter
WhatsApp

ދުބާއި އިން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުން ދެމުންގެންދާ ޙަމަލާތައް ލަސްނުކޮށް ނުހުށްތުވައިފިނަމަ މުޅި ސަރަޙައްދަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

 ނަތީޖާއެއްގެ ގޮތުން މެދުއިރުމަތީގެ ޗާޓްވެސް ބަދަލުވެގެން ހިނގައިދާނެ ކަމުގެއިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު ޙުސޭން އާމިރު ދެއްވާފައިވަނިކޮށް ޙަމާސްއާއި ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަން ދާން ބޭނުންކަމަށްބުނެ އެއް މިލިއަނަށްވުރެން ގިނަ މީހުން އީރާނުން ރަޖިސްޓަރީ ކޮށްފިކަމަށް އީރާން އޮބްޒާރވަރުން ހާމަކޮށްފިއެވެ.                                               

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަހަރެމެންގެ ހުރިހާ ބައިވެރިންގެ އިނގިލިތައް މިހާރު ހުރީ ބަޑީގެ ފާލުގައި އަޅުވާފައި ކަން އިސްރާއީލުއަށް އެނގޭނެ ކަމަށެވެ.

އެ ފާލަށް ދަމާލަން އެންމެ ސިކުންތެއްވެސް ނުނަގާނެއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަމުން ވިދާޅުވީ އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކުގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ ފަލަސްތީނުގެ އަމާޒަށް ވާސިލު ވުމަށްޓަކައިއިތުރު މަގުތަކެއް ހުޅުވިގެން ދިއުމެވެ. ދެން އެގޮތަށް ކަންކަން ވެއްޖެނަމަ އެ މަގުތައް އެމެރިކާއާއި އިސްރާއީލަކަށް ބަންދެއް ނުކުރެވޭނެއެވެ. އެފެށުނީ އެންމެންވެސް ބޭނުންނުވާނެ ނުރައްކާތެރި މަރުޙަލާއެއް ކަމަށެވެ.                                 

1979 ގެ އިންގިލާބަށްފަހު އީރާނަކީ ފަލަސްތީނުގެ މައި ތަނބުކަމުގައި ދަނީ ބެލެމުންނެވެ. އަދި އީރާނަކީ އިސްލާމީ ދުނިޔޭގައި އެންމެ ކުރީސަފުން ގުނާލެވޭ ގައުމެކެވެ.                                  

އީރާނަކީ ޙަމާސްއަށް ހުރިހާގޮތަކުންވެސް ވާގިވެރިވެ ދޭ ގައުމެއް ކަމުގައި އެމެރިކާ އާއި އިސްރާއީލުން ގެންދަނީ ބުނަމުންނެވެ. އީރާނުންވެސް މިކަމުން ރެކޭކަށް ބޭނުމެއް ނުވެއެވެ. މިފަހަރު ޙަމާސްއިން ދެމުންގެންދާ ޙަމަލާތަކާއި ގުޅިގެން ހަމާސްގެ ހަނގުރާމަވެރިން ވުޖޫދުން ފޮހެލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ހުވާކުރަމުންނެވެ.                                                     

ޙަމާސްގެ ޙަމަލާތަކަށް ތާއީދުކުރައްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ގަތަރުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާއާއި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބައްދަލު ކުރައްވާފައެވެ. އަދި މި ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދެއްވުން އެދި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަނީ ފަރަންސޭސި ރައީސް މެކްރޯނަށާއި އެހެނިހެން ހުޅަނގު ގައުމުތަކުގެ ލީޑަރުންނަށްވެސް ދަންނަވާފައެވެ.                                                              

މިޚަބަރުތައް އިވެމުންދާއިރު ދާދީ ދެންމެއަކު ނިއުޔޯރކް ޓައިމްސް އިން ބުނެފައިވަނީ ލޮލާއި ބޮލުން އިސްރާއީލުގެ ކޮންމެ ފިޔަވަޅަކަށް ތާޢީދު ކުރަމުންގެންދިޔަ އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުއްލިއަކަށް އިސްރާއީލުގެ ސިފައިން ގާޒާއަށް ނޭރުމަށް  އެމެރިކާގެ ބައިޑަން ގެ “ 60 މިނިޓް “ ގައި އިސްރާއީލަށް އިންޒާރު ކުރައްވައިފިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ބްލިންކަން އަލް އަރަބިއްޔާއަށް ދެއްވި ބަސްތީގަތުމެއްގައިވެސް ވިދާޅުވެފައިވަނީ ގާޒާގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދުން ބޭރު ކުރަން އެމެރިކާއިން ތާޢީދު ނުކުރާނެ ކަމަށާއި އަމާންކަމާއިއެކީ އެތަނުގައި ތިބެވެން ޖެހޭނެ ކަމަށާއި އަދި ދިރިއުޅުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ލިބިލިބި ހުންނަން ޖެހޭނެކަމަށެވެ.                                                      

ޗައިނާގެ ޚާރިޖީ ވަޒީރާ ޙަވާލާދީ ޗައިނާގެ ރަސްމީ ނޫސް ޒިންހުވާއިންބުނެފައިވަނީ އަމިއްލަ ދިފާޢުގައި ކަމަށްބުނެ އިސްރާލީލުން ޙަމާސްއާއި ދެކޮޅަށް ހައްދުފަހަނަޅާ ހިގައްޖެ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި ފޯނުން ގުޅުއްވައި ވާހަކަ ފުޅު ދައްކަވަމުން ދިވާޅުވެފައިވަނީ އިސްރާއީލުން އަމިއްލަ ދިފާއުގައި ކަމަށްބުނެ ހުރިހާ އިންތަކެއް ފަހަނަހަޅައި ހިގައްޖެކަމަށެވެ.                                                          

ޙަމާސްގެ މެނިފެސްޓޯގެ އާރޓިކަލް 7 ގައި ބުނެފައިވަނީ މުސްލިމުންނާއި ޔަހޫދީން ހަނގުރާމަކޮށް ޔަހޫދީން މަރައި ފުމަށްދާންދެން ގިޔާމަތް ދުވަސް ނާންނާނެއެވެ. އަދި އެ ހަނގުރާމައިގާ ހިލަތަކާއި ގަސްތަކުގެ ނިވަލުގައި ޔަހޫދީން ފިލަން އޮތުމުން އެ ގަސްތަކާއި ހިލަތައް އެމީހުންފިލާ ތިބިކަން ފަޅާއަރުވާލައި މި ޔަހޫދީ ކަލޭގެ މަރާލަން އައުމަށް އެގަސްތަކާއި ހިލަތަކުން މުސްލިމުންނަށް ގޮވާނޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް