އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ފޮނުވުމުގެ ބޭނުމަކީ ގަތުލު އާންމެއް – ތުރުކީ

Loading

October 12, 2023
profile
Facebook
Twitter
WhatsApp

މިދިޔަ އަންގާރަ ދުވަހު އަންކާރާއިން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އާއި މަނަވަރުތައް އިސްރާއީލުގެ އައްސޭރިފަށަށްފޮނުވުމަކީ ގާޒާގައި ބޮޑުވެގެންވާ ގަތުލު އާންމެއް ހިންގުމަށްކަމުގައި ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ.  

މިދިޔަ ހޮނިހިރު ދުވަހު ކުއްލިއަކަށް ހަމާސްއިން އިސްރާއީލުގެ އެތެރެއަށް ވަދެގަނެ ދިން ޙަމަލާތަކާއި ގުޅިގެން އެމެރިކާގެ ދިފާޢީ ވަޒީރު ލޯއިޑް އައުސްޓިން ވިދާޅުވެފައި ވަނީ ދުނިޔޭގައި އޮތް އެންމެ ބިޔަ މަނަވަރު ޔޫ. އެސް. އެސް.ޖެރާލްޑް އާރ ފޯރޑް ވެސް ހިމްނޭ ގޮތުގައި އެމެރިކާގެ މަނަވަރުތައް އިސްރާއީލް ކައިރިއަށް ފޮނުވާނެ ކަމަށެވެ. އަދި ކޮންމެ އަގެއްދީގެން ނަމަވެސް އިޒްރާއީލް ދިފާއުކުރާނޭ ކަމަށެވެ!                                      

އޮސްޓްރިއާގެ ޗާންސެލަރ ކާރލް ނެހާމަރ އާއިއެކު އަންކާރާގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ރައީސް އުރުދުޣާން ވިދާޅުވީ ޔޫ. އެސް. އެސް. ޖެރާލްޑް އާރ ފޯރޑް އާއި އެތައް މަނަވަރުތަކެއް އިސްރާއީލު އައްސޭރިއަށް އެމެރިކާއިންފޮނުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެ މަނަވަރުތަކުން ކުރަން ގަސްދު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ހަމައެކަނި ލިބެން އޮތް ޖަވާބަކީ ގާޒާގައި ބޮޑުވެގެންވާ ގަތުލު ޢާންމެއް ހިންގުމާއި އަދި އެކަމަށް މަގުފަހިކޮށް ދިނުންކަމަށެވެ. 

ތުރުކީއަކީ އަބަދުވެސް 2 ދައުލަތުގެ ސިޔާސަތަށް ތާއީދުކުރައްވާ ފަލަސްތީނުގެ ޕީ.އެލ.ްއޯ އާއި ޙަމާސްއާއި އެކުގައިވެސް ވަރަށް ރަނގަޅު ގުޅުމެއް ބާއްވަމުންގެންދާ ގައުމެކެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ ދެކޮޅުވެރިކަން ނިންމިދާނެ ގޮތްތައް ހޯދުމަށްވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ގައުމެކެވެ.                               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް