ހަމާސްގެ ޙަމަލާތަކާ ގުޅިގެން އީރާނުގެ އިންޒާރު އެމެރިކާ އަށް ދީފިއެވެ.އީރާނުން މިއަދު ބުނެފާވަނީ އެއެއްޗެކޭ މިއެއްޗެކޭ ކިޔާފަ އަހަރމެން ގައިގާ އަތްނުލުމަށެވެ.
ޙަމާސްއިން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތަކަކީ އީރާނުން ރާވާ އީރާނުގެ އަމުރަށް ދެމުން ގެންދާ ޙަމަލާތަކެއް ކަމަށް ބެލިއަސް ނުބެލިއަސް އަދި ބަޔަކު ގަބޫލަސް ނުގަބޫލަސް ނުވަތަ ރުހުނަސް އަދި ނުރުހުނަސްފަލަސްތީނަށާއި ފަލަސްތީނު މިނިވަންކުރަން މަސައްކަތްކުރާ މުޖާހިދުންނަށް ދެވެން އޮތް ކޮންމެ އެހީއެއް ކޮންމެ ވަގުތެއްގައިވެސްއީރާނުން ފޯރުކޮށްދޭނެކަން އެއީ ސިއްރެއް ނޫންކަމަށެވެ.
އެހެންވީމާ ބަހަނާތަކެއް ދައްކައިގެން ނުވަތަ އޮޅިގެން ކަމަށް ފަހުންބުނަންވެސް އަހަރެމެން ގައިގާ އަތްނުލުމަށް އީރާނުން ވޯޝިންގޓަނަށް އަންގައިފިއެވެ. އަދިހަމަ އެހެންމެ މިހާރު ހިނގަމުންދާ ޙަމަލާތަކާއި އީރާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށްވެސް ބުނެފާވެއެވެ.
ވޯލްސްޓްރީޓް ޖަރނަލުން އިރާނުގެ އޮފިޝަލެއްގެ ނަން ހާމަނުކޮށް ބުނެފައިވަނީ ޙަމާސްއިން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތަކާގުޅިގެން އީރާނަށް ޙަމަލާދީފިނަމަ ލެބަނަނުންނާއި ޔަމަނުން އަދި އީރާނުން މިސައިލް ޙަމަލާތަކުން ރައްދު ދޭނެކަމަށާއި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން އިސްރާއީލުގެ ތެރެއަށް ވަދެގަންނާނެކަމަށެވެ.ވޯލްސްޓްރީޓް ޖާރނަލްގެ މި ރިޕޯރޓް މިހާތަނަށް ކަށަވަރު ކުރެފިފައެއް ނުވެއެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި އީރާނުގެ ޕަރަމިލިޓްރީ ޖަމާޢަތްތައް ޙަރަކާތްތެރި ވަމުން ގެންދާކަން އެއީ ފާޅުކަން ބޮޑު ޙަގީގަތެކެވެ. އޭގެތެރޭގައި ލެބަނަންގެ ހިޒްބުއްލާހ އާއި ސީރިޔާގެ މިލީޝިޔާއާއި ޔަމަނުގެ ހޫތީން ފާހަގަކޮށްލެވެއެވެ.
ޙަމާސްގެ ޙަމަލާތަކުގައި އީރާނުން ބައިވެރިވާކަން އެމެރިކާއިންވެސްމިހާތަނަށް ބުނެފައެއް ނުވެއެވެ. އެކަމަކު ޙަމާސްގެ ހަނގުރާމަވެރިން ތަމްރީނު ކުރުމާއި އެ ޖަމާއަތަށް މެދުނުކެނޑި އީރާނުން އެހީތެރިކަން ފޯރުކޮށް ދެމެން ގެންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ގެންދަނީ ބުނަމުންނެވެ. ޙަމާސް އިން އިސްރާއީލަށް މިވަދެގަތް ވަދެގަތުމުން ފާއިތު ވެގެން މިދިޔަ 50 އަހަރުގައިވެސް ނުލިބޭވަރުގެ ބޮޑު ގެއްލުން އިސްރާއިލަށް ދީފިއެވެ.
ޙަމާސް އިން އިސްރާއީލަށް ވަދެގަތުމަކީ މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ނެތިކޮށްލުމަށް އީރާނުން ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކަމަށް އެމެރިކާއިން ބުނެތެވެ.

އިޒްރާއީލުން ތަނެއްދޮރެއްނުބަލާ ދޭމުންގެ ދާ އަނިޔާވެރި ޙަމަލާތަކުން ލިބިފައިވާ ގެއްލުން :
މިޑްލް އީސްޓް ރިސާރޗް ފޯރަމްގެ ޑިރެކްޓަރ ޖޮނަތަން ސްޕައިޔަރ ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ސިޔާސަތަކީ އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއެކު ސަރުކާރުން އެމީހުންނަށް ޙަމާޔަތާ ރައްކާތެރިކަން ކަށަވަރު ކޮށްނުދެވޭނެ ކަން އެމީހުންގެ ސިކުނޑިތަކަށް ވެއްދުމެވެ. ސަރުކާރާ މެދު އެމީހުންގެ މޯރަލް ނަގާލުމެވެ. ޙިޒްބުއްލާހވުދޫދަށް ގެނައުމާއި އިސްރާއީލުގެ ވަށާއިގެން ހައިބްރިޑް މިލިޓްރީ ބާރުތަކެއް އުފެއްދުމުގެ ބޭނުމަކީ އެއީއެވެ.
ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ޙަމާސްއިން އިސްރާއީލަށް ޙަމަލާތައް ދިނުމަށްފަހު ފުރަތަމަފަހަރަށް އީރާނުގެ ދީނީ އިމާމް ފަލަސްތީނުގެ ދިދައެއް އިސްތަށިފުޅުގައި ބަންނަވައިގެ އިންނަވާ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ޙަމާސްގެ ޙަމަލާތަކުގައި އެއްވެސް މިންވަރަކަށް އީރާނުގެ ބައިވެރިވުން ނޯންނާނެ ކަމަށާއި އެހެންނަމަވެސް އެ ޙަމަލާތައް އިންތިޒާމް ކުރެއްވި ބޭފުޅުންގެ އަތުގައި ބޮސްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
One Response
ދޮގެއްވެސް ނޫނެވެ. ކޮންމެފަދަ ދޮގުތަކެއް އަމުނައިގެންވެސް އިރާނަށް ޙަމަލައެއް ނުދެވިގެން ނިދިނައިސްގެއް އުޅޭތަން އެތަކެއް އަހަރު ވެއްޖެއެވެ. އެހެންވީމާ އެބުނާހެއް އެކަން ކޮށްފާނެއެވެ. މެދުއިރުމަތީ ފަނާކުރަނިވި ހަނގުރާމައެއް ކޮށްލުމަކީ އެމެރިކާގެ ހަރާމްދަރި އިޒްރޭލާއި އެމެރިކާގެ ބޭނުމެވެ. އެހެން ނުވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ.