އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާގައި ޑރ.ޖަމީލާއި އޭނާގެ މުޅި އާއިލާ ޝަހީދުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާގައި ގައްޒާގައި ފާހަގަކޮށްލެވޭ ޝަޚުސެއްކަމަށްވާ ޑރ.މުޙައްމަދު ޖަމީލާއި އޭނާގެ އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވެއްޖެއެވެ. 

މެލޭޝިއާގެ ފޮރިން ޕޮލިސީ ތިންކް ޓޭންކް (އޭޝިއާ މިޑްލް އީސްޓް ސެންޓަރ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖަމީލަކީ މުސްލިމް ގައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ވަރުގަދަކޮށް މިނިވަންކަން ކަށަވަރުކުރުމަށް އެހީތެރިވެދެއްވަމުން އައި ބޭފުޅެކެވެ. މިޑްލް އީސްޓް އޭޝިއާ ތިންކް ޓޭންކުން ވަނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ވަފްދެއް ވެސް ދިވެހިރާއްޖެއަށް ފޮނުވާފައެވެ. 

ޑރ. ޖަމީލްގެ މަރާއި ގުޅިގެން މިޑްލް އީސްޓް އޭޝިއާ ތިންކް ޓޭންކުގެ ހަމައެކަނި ދިވެހި ސީނިއަރ ފެލޯކަމުގައިވާ މުޢާދު މުޙައްމަދު ޒަކީ ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ. 

”ހިތާމައިގެ މި ދަނޑިވަޅުގައި، ލޯބިވާ އަޚްގެ ދިރިތިބި އާއިލާއަށް ތައުޒިޔާ ކިޔަން. މި ސެންޓަރުގެ ހުރިހާ މެންބަރުންނަކީ ވެސް އެއް އާއިލާއެއް ފަދަ ބައެއް. އަދި މި ހިތާމާގައި ބައިވެރިވާ ހާލު، މުސްލިމުންގެ ހައިސިއްޔަތުން، ﷲސުބްޙާނަހޫ ވަތަޢަލާ ދެއްވާފައިވާ އެންމެހައި ނިޢުމަތްތަކުގެ ބޭނުން ޒިންމާދާރުކަމާއެކުގައި ހިފައި، އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ އަޚް، ޑރ. ޖަމީލަކީ އޭނާގެ މުޅި ހަޔާތުގައިވެސް މި އަސާސްގެ މަތީގައި ދެމިހުންނެވި ބޭފުޅެއް. ވަރުބަލިކަމެއް ނެތި މުސްލިމް އުންމަތަށް ވާގިވެރިވި ބޭފުޅެއް. ސެންޓަރުގެ ހުރިހައި ފަރާތްތަކުން ވެސް މި ހިތާމާގައި ބައިވެރިވާކަން ޔަގީން. ޝަހީދުވި އަޚަށްޓަކައި އަޅުގަނޑުގެ ހިތް ފުރިފައިވަނީ ލޯތްބާއި ތައުރީފުން. އަދި ޑރ. ޖަމީލާއި އާއިލާ ދުނިޔަދޫކުރެއްވީ ޝަހީދުންގެ ދަރަޖަ ލިބިގެންކަމުގައިވީތީ އަށް ޝުކުރުވެރިވަން. އެއީވެސް ކިހާބޮޑު ނިއުމަތެއް ހެއްޔެވެ.

އިންސާނުންނަކީ މާތް ﷲގެ މިލްކެކެވެ. އަދި އަޅުތަކުން އެނބުރި ރުޖޫޢަވާނީ ވެސް އެކަލާނގެ ހަޟްރަތަށެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް