ވޯލްޑްކަޕްގެ މެޗްތަކަށް ގަރުނެއްވުމުގެ މުނާސަބަތުގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ދެކުނު އެމެރިކާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ބައިނަލްއަޤްވާމީ ފުޓުބޯޅަ އެސޯސިއޭޝަން (ފީފާ) އިން ހާމަކޮށްފައިވާގޮތުގައި 2030 ވަނަ އަހަރުގެ މުބާރާތް ބާއްވާނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައެވެ. އެގޮތުން ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުބާރާތުގެ ފުރަތަމަ ތިން މެޗު އޮންނާނީ އާޖެންޓީނާއާއި، ޕެރެގުއޭ އަދި އުރުގުއޭ ގައެވެ.
ބުދަ ދުވަހު އިއުލާނުކުރި ފީފާގެ ނިންމުމުން ހާމަވެގެން ގޮސްފައިވާގޮތުގައި، 2030 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތުގެ މެޗުތައް ތިން ބައްރަށް ނިސްބަތްވާ ތަފާތު ހަ ގައުމެއްގައި ބޭއްވިގެންދާނެއެވެ.