މިއަދު ފާހަގަކުރެވެމުންދާ ޓުއަރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ޓްވީޓެއް މެދުވެރި ކުރައްވައެވެ. އެޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާތަކަށާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
އަދި ވިދާޅުވެފައިވަނީ ކޮވިޑް19 އާއެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މި ދަނޑިވަޅުގައި ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކަށް މަރުހަބާ ކަމަށެވެ.
ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމްވެސް ވަނީ ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ޑރ މައުސޫމްވެސް ޓްވީޓް މެދުވެރި ކުރައްވައި ތަހުނިޔާ ވިދާޅުވިއިރު އެމަނިކުފާނުގެ ޓްވީޓްގައި އިތުރަށް ލިޔުއްވައިފައި ވަނީ ދާއިރާގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ އެ ފަރާތްތަކަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފަ އެވެ.
One Response
މަރުޙަބާ ރައީސް! ކުރިއަށްވުރެ ގާތުން ކަންތައްތައް ބައްލެވުމަށް ދަންނަވަމެވެ. އެހެނީ ޢަލީވަހީދުވެސް ދޮނެއް ކަޅެއް އަންގާނުލާ އެވަނީ މަނިކުފާނުގެ ސޯލިޙުކަމާއި މެދު ސުވާލުއުފައްދާ ހިސާބަށް ގޯސް ހިންގާފައެވެ. ޝުކުރިއްޔާ ރައީސް.