މިދިޔަ ޖޫންމަހުގެ 28 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑު ކައިރިން މަގު ހުރަސްކުރައްވަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒް އިންޑިއާއިން ފަރުވާ ހޯއްދެވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
އުމުރުން 50 އަހަރުގެ ހަފީޒު ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވީ އެ ރޭ ފަތިސް ނަމާދު ކުރައްވައި ނިމިގެން މަގުމައްޗަށް ނުކުމެވަޑައިގަތް ވަގުތުއެވެ.
މި އެކްސިޑެންޓުގައި ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާތައް ހަފީޒަށް ލިބުނެވެ. ހަފީޒަށް ފަރުވާދިނުމަށް އިންޑިއާއަށް ފޮނުވީ އޭޑީކޭގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދިނުމަށް ފަހުއެވެ.
އިންޑިއާގައި ފަރުވާ ހޯއްދެވުމަށްފަހު ހަފީޒު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ނަމަވެސް އަދި ރަނގަޅަށް ހިނގާބިނގާވެ ނޫޅުއްވޭ ކަމަށާއި ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފައިވާތީ އަނގަ މާބޮޑަށް ނުހުޅުއްވެވޭ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ފިރިހެނެކެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.