އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު ކެންސަލްކޮށްފިއެވެ.
އިއްޔެ ބާއްވަން ނިންމި ސައިކަލް ބުރު މިއަދަށް ފަސްކުރުމަށްފަހު މިއަދު ސައިކަލް ބުރު ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން މީޑިއާތަކަށް ވެސް އެ އިވެންޓް ކަވަރ ކުރަން ދަތިވާނެތީއެވެ.
ޕީޕީއެމް/ޕީއެންސީން އިއްޔެ ސައިކަލު ބުރު ބޭއްވީ ހުޅުމާލޭގައެވެ.
ޕީޕީއެމް ޕީއެންސީއާއި ރޭސިންގ އެސޯސިއޭޝަން އަދި މާލެ, ހުޅުމާލޭ ޒުވާނުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވިއެވެ.
އޭގެތެރޭގައި ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފާއި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.