ފުލުހުން އެހެން ތަންތަނަށް ބަދަލުކުރިޔަސް ވޯޓުލުމުގެ ހައްގެއް ނުގެއްލޭނެ: ފުލުހުން

Loading

September 2, 2023
profile
Facebook
Twitter
WhatsApp

ފުލުހުންނަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ޑިއުޓީއަށް ފޮނުވަން އުޅޭކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ޕީއެންސީގެ ރިޔާަސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠޮލާލް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފުލުހުންނާއި ސިފައިން އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ޑިއުޓީއަށް ފޮނުވައި ވޯޓުލުމުގެ ހައްގު ގެއްލުވައިލަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

ފުލުހުން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓްލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.

ފުލުހުން ބުނީރިޔާސީ އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކިވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލައި ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެ ކަމަށެވެ.

އެހެންކަމުން އޮޕަރޭޝަންގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް