ލ.އަތޮޅުގެ ތަރައްގީއަށްޓަކައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމަށް މުޢިއްޒު ވައުދުވެވަޑައިގެންފި

Loading

September 2, 2023
profile
Facebook
Twitter
WhatsApp

އޭނާގެ ވެރިކަމެއްގައި ލ.އަތޮޅުގެ ތަރައްގީއަށްޓަކައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމަށް ވައުދުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ އެ ކަންކަން ހާމަކުރައްވައިފިއެވެ.

ލ.ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެ އަތޮޅު ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާ ބަންކަރިންގ ފެލިސިޓީ ހިމެނޭ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށާއި ފޮނަދުއާއި ގާދުއާ ދޭތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް, ކޯޒްވޭއަކުން ފޮނަދޫއާއި ރިސޯޓާއި ގާދޫ ގުޅުވައިދެއްވާނެ ކަމަށެވެ.

“މި އަތޮޅަށް ރިސޯޓު އިތުރުކުރަންޖެހޭ. އިންވެސްޓަރ ކޮންފިޑެންސް އިތުރުކޮށް، އިޤްތިޞާދު ކޮޅަށްޖަހައި ނުހެދި ހުރި ހުރިހާ ރިސޯޓެއް ހެދުމަށް ފަސޭހަކޮށްދީ ރާއްޖޭގެ އުތުރުން ދެކުނަށް ޓޫރިޒަމް އެތަށް ގުނައަކަށް ފުޅާކުރާނަން.“

އެގޮތުން ލ.ހުޅިމެންދުއަކީ ރިސޯޓެއް ހަދަން ވަރަށް އެކަށީގެންވާ ތަނެއް ކަމަށާއި ހޮޓެލް ސްކޫލެއް ގޮތަށް ހިންގޭ އިންޓަރނޭޝަނަލް ފެންވަރުގެ ރަނގަޅު ރިސޯޓެއް ހުޅިމެންދޫގައި ގާއިމުކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން އެންމެ ރަނގަޅު ލޮކޭޝަނެއް ބަލައި އެ ތަނެއްގައި ލ.އަތޮޅުގެ ދެވަނަ އެއާޕޯޓު އަޅުއްވައިދެއްވާނެ ކަމަށާއި ކައްދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވުމަށް ވެސް މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އަދި ގަމާ ކައިރީގައި އޮތް ފަޅުރަށެއް ކަމަށްވާ ބަރެސްދޫގައި ރައީސް ޔާމީންގެ ސަރުކާރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއުއެއް ފަށާފައިވީ ނަމަވެސް މި ސަރުކާރު އައިފަހުން އެކަން ނުހިނގާ ކަމަށާއި އޭނާގެ ސަރުކާރުގައި އެކަން ކާމިޔާބުކަމާއެކު ނިންމަވާނެ ކަމަށް ވެސް މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް