އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު މާދަމާއަށް ފަސްކޮށްފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ
މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިކަލު ބުރު މިއަދު އޮންނާނީ ހުޅުމާލޭގައެވެ.
ޕީޕީއެމް ޕީއެންސީއާއި ރޭސިންގ އެސޯސިއޭޝަން އަދި މާލެ, ހުޅުމާލޭ ޒުވާނުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދާ މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ފެރީ ޓާމިނަލް ސަރަހައްދުންނެވެ.