ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ.
މުދަލުގެ ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލު ގެނައިކަން މިއަދު ވަނީ ހާމަކޮށްފައެވެ.
އެގޮތުން 29 އޮގަސްޓް 2023 ން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7,151.90 ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ, އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ, އެ ފައިސާ ހުންނަތާ ހިޖުރީގޮތުން އަހަރެއްވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (%2.5) ނެެރުމަށް ނަސޭހަތްތެރިވެފައެވެ.