އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ.މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފިއެވެ.
މަޑަވެލީގެ އުތުރު ފަރާތުގައި ހަދާފައި ހުރި އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.
މުޅި ތަން އޮތީ އަނދާފައި ކަމަށާއި ދެން އެ ތަނުގައި ޖަލްސާ ނުބޭއްވޭނެކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
މިކަމުގެ ސަބަބުން ދަތުރުފުޅު ލަސްކުރި ނަމަވެސް ރައީސް ޞާލިޙް މިހާރު ވަނީ މަޑަވެއްޔަށް ވަޑައިގެންފައެވެ.
ޖަލްސާ ބާއްވަން ތައްޔާރުކުރި ތަން ރޯކޮށްލުމުން ޖަލްސާ ބާއްވާފައިވަނީ ރަށުގެ ޖެޓީ ސަރަހައްދުގައެވެ.
ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖެހީ ކޮން ބައެއް ކަމެއް އަދި ސާފެއް ނޫނެވެ. މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
One Response
ހުޅު ޖެހުމަކުން މޑޕ އެއް ހާހެއް ނުވާނެއެވެ. އެއީ ފެބްރުއަރީ 2012 ގައި އިސްތިޢުފާ ދީފާ ގައުމުގައި ހުޅުޖެހި މީހުން ނޫންތޯއެވެ. ވީމާ ހާސް ކަނޑާލާސެވެ. ހުޅުޖެހުމާއި މުޒާހަރާ ކުރުމާއި އަބުރު ކަތިލުމާއި ފައުޅުގައި ހުރިހާ ކުޅިއްއް ޢާންމު ކުރުމުގެ ޕާޓީ ތިހެން ޖަހައެއް އަންދާލިޔަކަސް އެއްވެސް އެއްޗެއް ހިތަކަށް ނާރާނެއެވެ. ގެންދާނީ ބކކބ ށެވެ.