ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު އެ ނިންމުން އަނބުރާ ގެންދަވައިފިއެވެ.
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޑރ.މުނައްވަރު ވަނީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ވެސް ހަމަކުރައްވައިފައެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ނިންމުން ބަދަލުކުރެއްވިކަން ހާމަކުރައްވާފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ.
އެ ޓުވީޓުގައި މުނައްވަރު ވަނީ އޭނާއަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.