ރަޝިޔާއިން ޔޫކްރެއިނަށް އެންމެފަހުންދިން ޙަމަލާތައް ވަރަށް ގެއްލުންބޮޑު-ޔޫ.އެން

Loading

Facebook
Twitter
WhatsApp

ދާދިފަހުން ރަޝިޔާއިން ޔޫކްރެއިންގެ އޮޑެއްސާގެ ބަނދަރަށް ދިން ޙަމަލާތަކަކީ ދޭން ހެޔޮނުވާވަރުގެ ގެއްލުންބޮޑު ޙަމަލާތަކެއް ކަމުގައި ޔޫ. އެން.ގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ޔޫ. އެން. ގެ ސެކިއުރިޓީ ކައުންސިލްގައި ޔޫކްރެއިންގެ ހަނގުރާމައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޚާލިދު ޚިޔާރީ ވިދާޅުވީ އެމިންވަރަށް ދެވޭ ފަނާކުރަނިވި ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހެންނޫނީ މި ހަނގުރާމައަކީ އަލުން އިއާދަނުކުރެވޭ މިންވަރަށް ގެއްލުންބޮޑު ހަނގުރާމަ އަކަށް ބަދަލުވެގެން ހިނގައިދާނެ ބިރުބޮޑު ވެއްޖެކަމަށެވެ.

ޔޫކްރެއިންގެ ގޮވާން އެކްސްޕޯރޓް ކުރުމުގެ ވަސީލަތް ތަކަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ޙަމަލާތައް އެއްވެސް ޙާލެއްގައި ބަލާ ނުގަނެވޭނެ ކަމަށާއި އާންމުންނަށާއި އާންމުންގެ ތަންތަނަށް ދީފައިވާ ގެއްލުންތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފް ބޮޑެތި ޖަރީމާތަކެއް ކަމަށެވެ.

ޚިއާރީގެ ވާހަކަފުޅުގައި އޮޑެއްސާގެ ތާރީޚީ ފައްޅިއެއް ވިރާނާ ކޮށްލާފައިވާތީ އާއި އޮޑެއްސާގެ ބަނދަރާއި އަދި އެހެން ބަނދަރަކަށް ދީފައިވާ ގެއްލުން ތަކަށް އިޝާރާތް ކޮށް ވިދާޅުވެފައި ވެއެވެ. އަދި މޮލްޑޯވާއާއި ރޮމޭނިޔާއާއި އިންވެފައިވާ ޔޫކްރެއިންގެ ދަނޫބް ކޯރުގެ ބަނދަރުތައްވެސް ވަނީ ވަރަށްބޮޑަށް ހަލާކުކޮށްލާފައެވެ.                                             

ޔޫކްރެއިންގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ އެއަރބޭހަށް ހަލާކުކޮށްލުމަށްޓަކައިވެސް ގިނަ އަދަދެއްގެ މިސައިލް ޙަމަލާތައް މިދިޔަ ބުދަދުވަހު ރަޝިޔާއިންވަނީ ދީފައެވެ. 

އޭގެތެރެއިން ގިނަ އަދަދެއްގެ މިސައިލް ހަލާކު ކޮށްލެވިފައި ވީނަމަވެސް ބައެއް މިސްއިލްތައް އޭގެ އަމާޒަށް ވާސިލުވެ ޔޫކްރެއިންގެ އެސް ޔޫ- 24 މަރުކާގެ ޖެޓްތައް ބަހައްޓާފައިހުންނަ އެއަރބޭސްއަށް ގެއްލުން ލިބިފައި ވެއެވެ.އެހެންނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރުމަކީ ފަސޭހަކަމެއްނޫނެވެ.                           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް