ހޫނުމޫސުމުގައި ތެޔޮ އުފެއްދުން މަދުކުރާނަން

Loading

Facebook
Twitter
WhatsApp


މިއަންނަ ހޫނު މޫސުމުގައި ތެޔޮ އުފެއްދުން މަދުކުރަމުން ގެންދާނެ ކަމަށް ސައޫދީ އެރޭބިޔާއާއި ރަޝިޔާއިން ކަނޑައަޅައިފިއެވެ. ރަޝިޔާގެ އުފެއްދުމުން ދުވާލަކު ބައިލައްކަ ފީފާ މަދުކުރާނެކަމަށާއި އަދި ސަޢޫދީ އެރޭބިޔާގެ އުފެއްދުމުން ދުވާލަކު 1.4 މިލިއަން ފީ މަދުކުރާނެއެވެ.

ދެ ގައުމުން މިގޮތަށް ނިންމާފައިވަނީ މިދިޔަމަހު ބޭއްވި ބައްދަލުވުމެއް ގައެވެ. މަގްސަދަކީ ހޫނު މޫސުމުގައި ތެޔޮ ބޭނުންކުރެވޭވަރު އިތުރުވެގެން ދާނެތީތެލުއަގު ދަށްވިޔަ ނުދިނުމެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވެފައިވަނީ އެ ގައުމުން ތެޔޮއުފައްދާ މިންވަރުން ދުވާލަކު ބައިމިލިއަން ފީފާ މިހާރު ވާނީ މަދު ކޮށްފާ ކަމަށެވެ. އަދި ސަޢޫދީން ބުނަނީ އެގައުމުން ތެޔޮ އުފައްދާ މިންވަރުން މިހާރު ދުވާލެއްގެ މައްޗަށް އެއްމިލިއަން ފީފާ މަދު ކޮށްފައިވާ ކަމަށާއި އޯގަސްޓްމަހުގެ ތެރޭގައި އަދިވެސް މަދުކުރާނެކަމަށެވެ.

ސަޢޫދީ އެރޭބިޔާގެ ތެލާބެހޭ އެންމެ އިސް ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ބައެއް ގައުމުތަކުން ތެލުގެ މާރކެޓާއި ކުޅެމުން ގެންދިއުމުގެ ސަބަބުން ތެލުގެ އަގު މިހާރު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. 

ނަތީޖާއެއްގެ ގޮތުން ގައުމަށް ލިބެމުންދާ އާމްދަނީ މަދުވުމުގެ ސަބަބުން ސަޢޫދީ އެރޭބިޔާއިން ވަރަށް އިސް ދައުރެއް އަދާކުރަމުން ގެންދާ އޯޕެކް ޕްލަސް އިން މިދިޔަ އަހަރުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ގެންދަނީ މަދު ކުރަމުންނެވެ. ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީ ބާޒާރުގައި ލިބެންހުރި ތެލުގެ މިންވަރު މަދުކޮށްގެން ނަމަވެސް ތެލުގެ އަގު ވެއްޓުނަ ނުދީ ހިފާއްޓާށެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތި ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިތުރު އާމްދަނީ ބޭނުންވާތީ ކަމުގައިވިޔަސް  އޯޕެކް ޕްލަސް އިން އެއްބަސްވެފައިވާ ގޮތުގެމަތިން ތެޔޮ އުފެއްދުން މަދު ނުކޮށް ރަޝިޔާގެ އަގުހެޔޮ ތެޔޮ މާގިނައިން މާރކެޓަށް ނެރެމުން ގެންދާތީ ސަޢޫދީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

އެންމެފަހުން ރަޝިޔާއިންވެސް މިހާރު އެވަނީ ތެޔޮ އުފެއްދުން މަދުކޮށްފައެވެ.އަދި މި މަދުކުރުން 2024 ވަނައަހަރުގެ ނިޔަލަށް ދަމަހައްޓާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.               

ވޯލްސްޓްރީޓް ޖާރނަލްގައި ބުނެފައިވާގޮތުން ތެޔޮ ފީފާއެއްގެ އަގު 81 އެމެރިކާ ޑޮލަރަށް ވުރެން ދަށަށް ހިނގައްޖެނަމަ ސަޢޫދީން ރާވާފައިވާ މަޝްރޫއުތަކަށް ކޮންމެވެސް މިންވަރަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.                                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް