ސްކައި ނިއުސް އިން ޚަބަރުދޭ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގުގެ ގައުމުތަކަކަށް ނުހުއްޓުވޭނެ ކަމަށާއި އެކަމަކު ދެފަރާތުގެ ޙައްގުތައް ރައްކާތެރި ކުރެވޭނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުގެ ދީނީ އިމާމް އާޔަތުއްލާ ޢަލީ ޚާމަނާއި ވިދާޅުވެއްޖެއެވެ.
އިމާމް ޚާމަނާއި މިހެން ވިދާޅުވެފައި މިވަނީ އީރާނުގެ ނިއުކްލިއަރ މަސްއަލާގައި ހުޅަނގާއިއެކު ޒުވާބު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ބުނެ މީޑިއާއިން ފަތުރަމުން ގެންދަނީ މުޅިން ދޮގުވާހަކަތަކެއް ކަމަށާއި އެކަން ހުޅަނގުގެ ގައުމުތަކަށްވެސް ރަނގަޅަށް އެނގޭނެކަމަށް އިމާމް ޚާމަނާއި ވިދާޅުވިއެވެ.
އަހަރެމެންގެ އީމާންކަމާއި އަގީދާގައި ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ލިބިފައި އޮތުމަކީ އެހާބޮޑު މުހިންމު ކަމެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެމެންގެ އީމާން ކަމާއި އަގީދާއަކީ ސަލާމަތާއި ރައްކާތެރިކަން ލިބިގަތުމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ކަށަވަރު ކޮށްދިނުމެވެ.
އެނޫންގޮތަކަށް މުޅި ހުޅަނގު އެކުވެގެންވިޔަސް އަހަރެމެން ނިއުކްލިއަރ ހަތިޔާރު އުފެއްދުމެއް ނުހުއްޓުވޭނެއެވެ. ކަންމިހެން އޮތްނަމަވެސް އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭ ގޮތުން އަދި އެ މަޝްރޫއަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެގޮތުގައި ހަމަހަމަކަން ލިބިދޭ އެއްބަސްވުމަކަށް އާދެވިދާނެއެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި އަތެއް ނުލެވޭނެއެވެ. އ. ދ. އިން ބޭނުންވާނަމަ އެ ޖަމާޢަތުގެ ނިއުކްލިއަރ ފާރަވެރިންނަށް އީރާނުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިދޭވޭނެއެވެ.
މިދިޔަ ހަފްތާގައި އީރާނުން ހާމަކުރި ހައިޕަރސޯނިކް މިސައިލުން އިސްރާއީލުގެ މަޝްހޫރު އަޔަން ޑޯމް ޑިފެންސް ނިޒާމަށް އެނގުމަކާ ނުލައި 400 ސިކުންތުގެ ތެރޭގައި އިސްރާއީލަށް ޙަމަލާ ދިނުމުގެ ގާބިލުކަން ލިބިފައި ވެއެވެ. އަދި އެމިސައިލް ދަތުރުކުރާ ރޭންޖުގެ ތެރޭގައި އިސްރާއީލު އޮތުމުގެ ސަބަބުން އެއީ އެގައުމަށް އޮތް ބޮޑު ބިރުވެރިކަމެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޮކްސް ނިއުސް އަށް ވިދާޅުވީ އީރާނުން ދީފާނެ ޙަމަލާއަކުން ކޮންމެ އަގެއްދީފައި ނަމަވެސް އިސްރާއީލު ރައްކާތެރި ކުރާނެކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އީރާނަކީ އެއްވެސް ބަޔަކަށް ޙަމަލާދޭނެ ގައުމެއް ނޫންކަމަށެވެ. ނަމަވެސް އީރާނަށް އަމާޒްކުރުވާ ކޮންމެ ޙަމަލާޔަކުންވެސް ދިފާޢުވުމަށްޓަކާ އަޅަންޖެހޭ ކޮންމެފިޔަވަޅެއް އެޅުމަށް ފަހަތަށް ނުޖެހޭނޭކަމަށެވެ.
އީރާން ރައްޔަތުންގެ މަޖިލިސް
އީރާނަށް އިޒްރާޢީލުން ޙަމަލާއެއް ދީފިނަމަ އިސްރާއީލު ވުޖޫދުން ނެތިކޮށްލާނެ ކަމަށް އަބަދުވެސް އީރާނުން ބުނަމުން ގެންދާއިރު އިސްރާޢީލުވެސް ނިދާފަކާނޯންނާނެކަމަށް ނަތަންޔާހޫ ބުނަމުން ގެންދެއެވެ. އޭނާ ބުނާގޮތުން އީރާން އެދޭކޭ ހުވަފެން ހަމަހިލާ ޙަގީގަތަކަށް ނުހެދޭނެއެވެ.
2 Responses
އީރާން އަސްލުވެސް ވަރަށް ކެރެއެވެ. އެހެނީ 30 އަހަރުދުވަހުގެ އެމެރިކާއާއި ޔޫރަޕްގެ އުދުވާނީ ޝެންކްޝަނަށްވެސް ކެތްކޮށް މަގުހޯދާ މިހާރު އެވަނީ ދުނިޔޭގެ ފެންވަރުގެ ސުޕަޕަވަރަކަށް ވެފައެވެ. ވީމާ ދެން ޖެހޭނީ އީރާން އާއި ވެސް ވާހަކަ ދައްކާށެވެ. އެކަން ފެނިގެން އެބަދެއެވެ. މިއަދު އެވަނީ ސަޢޫދީންވެސް އީރާނަކީ ބާރެއްކަމުގައި ގަބޫލުކޮށް ސުލްޙަ ހޯދުވާފައެވެ. އީރާންގެ ޑްރޯން ހަތިޔާރަކީ މިހާރު މުޅިދުނިޔެ ޢަޖައިބުކުރަނިވި ކުރިހޯދާފަވާ ޑްރޯންތަކެކެވެ. އިސްލާމުންނަކީ ކުރީޒަމާނުގައިވެސް އަޅުވެތިކަމަށް ޔޭސް ބުނާބައެއްނޫނެވެ. އަމިލް ކަނޑި ބަޑި އުފައްދާ ދީނާއި ގައުމު ދިފާއުކުރިބަޔެކެވެ. އިންޝާﷲ، އީރާނާއި ތުރުކީއާއި މެދުއިރުމަތީގެ ޢަރަބީންނާއި އެކު ސުލްޙަގާއިމުވެ އިސްލާމްދީނަށް އަލުން ފުރިހަމަ ނަސްލިބޭށިއެވެ. އާމީން!
އަހަރެމެންގެ އީމާންކަމާއި އަގީދާގައި ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ލިބިފައި އޮތުމަކީ އެހާބޮޑު މުހިންމު ކަމެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެމެންގެ އީމާން ކަމާއި އަގީދާއަކީ ސަލާމަތާއި ރައްކާތެރިކަން ލިބިގަތުމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ކަށަވަރު ކޮށްދިނުމެވެ. ވަރަށް ސަޅި ބަސްކޮޅެކެވެ. އަސްލުވެސް ދަންނަބޭކަލުން އެވިދާޅުވަނީ މާތް ﷲ އަށް ފުރިހަމަޔަށް އީމާންވާބަޔަކަށް ނަސްރު ލިބޭނެކަމަށެވެ.