އިންޑިއާ ބޮޑުވަޒީރު މޯދީ ޕީއެންޖީއަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

އިންޑިއާ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

އެމެރިކާއަށް ދިމާވެފައިވާ ޚާރިޖީ ދަރަނީގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެހެން ގައުމުތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުތައް މެދުކަނޑާލާފައިވާއިރު، ބައިޑެން ޕީއެންޖީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ކެންސަލްކުރައްވާފައެވެ. 

އެމެރިކާއިން ތައްޔާރުވަމުންދަނީ ދުނިޔޭގެ މައިދާނުގައި މިހާރު އަތްގަދަ ކުރަމުން އަންނަ ޗައިނާގެ ބާރު ކަނޑުވައިލުމަށް އަސްކަރީ ބާރު ބޭނުންކުރަންޖެހިއްޖެނަމަ އެކަންވެސް ކުރަންކަން އިންޑިއާއިން ދަނެއެވެ. އަދި ހުޅަނގުގެ މަސްލަހަތު އޮތީ އިރުމަތީގެ ގައުމުތަކުގައިކަމަށްވީއިރު، އިންޑިއާގެ މަސްލަހަތު އޮތީ ހުޅަނގުގެ ގައުމުތަކަށް ވާގިވެރިވުމުގައި ކަންވެސް އިންޑިއާއަށް އެނގެއެވެ. 

 މިގޮތުން، އެމެރިކާއަށް އެތެރެވަރީގައި އޮތް އެންމެ ބޮޑު އަސްކަރީ ބައިވެރިޔާއަކީ އިންޑިއާކަން އަންގައިދިނުމަށް އިންޑިއާއިން ގެންދަނީ ކުރުވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. 

”އިންޑިއާގެ މިހާރުގެ ސަރުކާރަކީ އެމީހުންގެ ޚާރިޖީ ސިޔާސަތުތަކުގައި ވަރަށް ހަރުކަށި ސަރުކާރެއް. އަދި ޚާއްސަކޮށް ކުދިކުދި ގައުމުތަކުގެ ކުރިމަތީގައި ބޮޑުބޭބެ ހެދިގެން ގިނަ އިންވެސްޓްމަންޓްތަކާއި ކުރިއެރުން ހޯދައިދިނުމުގެ ހުވަފެންތައް ދައްކައިދޭ ގައުމެއް. އެހެންނަމަވެސް ތާރީޚު ހެކިދެނީ މިކަމާ ދެކޮޅަށް. މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ބަދުނަސީބު. އިންޑިއާގެ ޚާރިޖީ ސިޔާސަތަކަށް އަބަދުވެސް ވެފައި އޮންނަނީ ކުދި ގައުމުތަކުގެ ކުރިއެރުން ހުއްޓުވައި، އެ ގައުމުތައް ބާރުވެރިވިޔަ ނުދިނުން. އެ ގައުމުތަކުގެ ދާޚިލީ ސިޔާސަތުތަކަށާއި، ސިޔާސީ މަސްރަހަށް އިންޑިޔާއަށް ފަސޭހައިން ނުފޫޒު ފޯރުވޭނީ އޭރުން.“ އޭޝިއާ މިޑްލް އީސްޓް ސެންޓަރުގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ތަޖުރިބާކާރެއް ކަމަށްވާ މުޢާދު މުޙައްމަދު ޒަކީ ވިދާޅުވެއެވެ. 

ޕީއެންޖީގެ ގިނަ ރައްޔިތުން އެންމެ ހައިރާންކުރުވި އެއްކަމަކީ ޕީއެންޖީގެ ބޮޑުވަޒީރު ގުދުވެ ބޮޑުވަޒީރު މޯދީގެ ފައިގައި އަތް ޖައްސައްވައި މަރުހަބާ ދެންނެވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް