ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވަމުން ދެޔެ ވިދާޅުވިނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވަމުން އަންނަތަނެއް ނުފެނެއެވެ.ބާޒާރުގެ ތަކެތީގެ އަގުތަކާއި ކާބޯތަކެތީގެ އަގުވެސް އަންނަނީ ދުވަހަށް ދުވަހަކަށް އުފުލެމުންނެވެ.
ތަކެތީގެ އަގު ބޮޑުވަމުން ދާތީ ދަންނަ ވިޔާފާރިވެރިޔަކާ ދިމާވެގެން ޝަކުވާ ކުރީމެވެ. އޭނާ ބުންޏެވެ. ރާއްޖޭގައި މިވަނީ ސަރުކާރާއި ބޭންކުތަކާއި ޑޮލަރުގެ ޢާމްދަނީލިބެ ވިޔާފާރިވެރީންވެގެން ޑޮލަރުގެ ކަޅުބާޒާރެއް އުފައްދާފައެވެ. ޑޮލަރު އޭޓީއެމް އިން ޑޮލަރު ކޭޝްނަގައިގެން ފުލުސްމީހާ ކުރިމަތީގައި ވަރުގު ރޭޓްގައި ބޭންކް ކުރިމަތީ ވިއްކަމުންދާ އިރުވެސް ފުލުސްމީހާވެސް ތަށަށް ކިޔަނީ މަރިޔަބުހޭވެސް ނާހާނެއެވެ. އެހާ ކޫލްކޮށް ޑޮލަރުގެ ވަގުވިޔާފާރި ޢާމްކުރުވައިފިއެވެ.
ޑޮލަރުގެ އަގު ބޮޑުކަމުންނާއި ޑޮލަރުލިބުމުގެ އުނދަގޫ ނުހަނު ބޮޑެވެ. އެހެންކަމުން ރުފިޔާގެ އަގު ދަށްވެ އިންފްލޭޝަން މަތިވުމުގެ ސަބަބުން ބާޒާރުގެ އަގުތަށްތިރިވާނީ ކިހިނެއްހޭ އޭނާ އަޅުގަނޑުގެ ކައިރިން ސުވާލު ކުރިއެވެ. އަދި މީގެ އިތުރުން އެހެން ސަބަބުތަކާއި ހެދިވެސް ދުނިޔޭގެ ބާޒާރުގެ ތަކެތީގެ އަގު ދުވަހެއް ދުވަހެއް އަންނީ މަތިވަމުންކަމުގައެވެ.
ނަމަވެސް ރާއްޖެއަށް އެންމެގިނައިން ކާބޯތަކެތި އިންޕޯޓްކުރާ އިންޑިއާގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ ނުހަނު ދަށްވެފައެވެ. އެހެނަސް އިންޑިއާއި ރާއްޖެ ގެންނަ ތަކެތީ އަގަށް ހެޔޮބަދަލެއް ނާދެއެވެ.
ރަށުމާރުކޭޓް ތަކުންވެސް ތަރުކާރީގެ ބާވަތް ތަކާއި ވެޖިޓަބްލްގެ އަގު އަންނަނީ އުފުލެމުންނެވެ. ރާއްޖެއަކީ ނުހަނު މީސްކޮޅު މަދު ގައުމަކަށް ވީއިރު ކާބޯތަކެތީގެ އަގަށް ހެޔޮބަދަލެއް ނުގެނެވެންވީ ސަބަބެއް ނެތެވެ. ރައްޔަތުންގެ ނަމުގައި ރައްޔަތުންނަށް ހިންގޭ ސަރުކާރަކުން ބޮޑުވަރިހަމަވެ ކޮންމެގޮތަކުންވެސް ކޮންމެ ބަޔަކާއި ގުޅިގެންވެސް ދެވަނަ ދައުރެއްގެ މުހިންމުކަމުން މުޅި ދައުލަތް ހިންގުން މިވަނީ ބޮއްސުންލައިފައެވެ. ދެން ރައްޔަތުމީހާގެ ޙާލުބަލާނީ ކާކުހެއްޔެވެ؟
ސަރުކާރަކަށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާމެދު އެއްވެސް ވިސްނުމެއް ގެންގުޅޭހެނެއް ހީއެއް ނުވެއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ނުވެ ގައުމުގެ އިގްތިޞާދު ރަނގަޅު ވާ ވާހަކަ ބުނުމުން އަންނަނީ ހިންޏެވެ. ގައުމުގާ 5 ލައްކަ މީހުން ހަމަނުވެގެން އުޅޭއިރު 1.5 މިލިޔަން ޓުއަރިސްޓުން ގެސްޓުން ރާއްޖެ އެތެރެވާކަމަށް ބުނަމުންދާއިރު ގައުމަށްވަންނާނެ ޑޮލަރުގެ ޢަދަދު ކޮންމެވެސް ވަރަކަށް ސިކުނޑިއަށް ތަސައްވަރު ވެއެވެ.
ދެރައީ އިކޮނޮމިސްޓް ސަރުކާރުގެ ބޮޑުންނަށް ތަސައްވަރު ނުވާތީއެވެ. އަސް ނޭގެނީއެއް ނޫނެވެ. އެމީހުން ބޭނުންވާވަރަށްވުރެ އިތުރަށްވެސް އެމީހުނަށް ބެންކް ރޭޓަށްވުރެވެސް އަގުހެޔޮކޮށް ޑޮލަރާއި މަންފާތައް ލިބޭމުންދާތީ ބޮޑުވަރިހަަމައީއެވެ. ވޯޓްހޯދުމަށް ރައްޔަތުންގެ ވާހަކަ ދައްކަނީއެވެ!
ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުމީހާ ކަމަށް ވީއިރު ދުވަހެއްދުވަހަކަށް ރައްޔިތުމީހާ ފަގީރުވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއް ވުޖޫދުވަނީ ދުޅަހެޔޮ ރައްޔިތު މީހާ އުފައްދާ ދޭނެ ކަމުގެ ވަޢުދުތަކުންނެވެ. އެހެނަސް މިހާރު ގަބޫލުކުރަން ޖެހުނީ މިއީ ރާއްޖެއިން ދުވަހަކު ވެސް ފެންނާނޭކަމުގެ އެއްވެސް އުންމީދެއް އޮތްކަމެއް ނޫން ކަމަށެވެ. ބޭނުމަކީ ރައްޔަތުމީހާއަށް ދޮގުވަަޢުތައްވެ ބޯކާލައިގެން ވެރިކަމަށް ސަވާރުވުމެވެ. ވެރިކަން ލިބުމުން ދައުލަތުގެ ޚަޒާނާ އަތުޖެހޭނެތީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.
One Response
މިރާއްޖޭގައި ބޭނުންކުރާ ހަރު ބަހެއްގައި ބުނެއެވެ. މުސްލިމަކުގަޔަށް އެއް ހޮރަކުން ދެފަހަރު ކަށި ނުޖަހާނެއެވެ. ފަހަލަ ސައީދު ލިއުއްވާފައިވާ ފަދައިން ކޮންމެ 5 އަހަރަކުން އެއްފަހަރު ރައްޔިތުންގެ ބޯކާލެވޭނަމަ ދެން ބުނަންޖެހޭ އެތި ނުބުނުން މާރަނގަޅެވެ.