އިންޑިއާގައި ފިޔާ އެއްވެސް އަގެއްނެތިފާ

Loading

Facebook
Twitter
WhatsApp

ބީބީސީ ޚަބަރުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަހާރަސްތްރާ ސްޓޭޓުގެ ދަނޑުވެރިން އުފައްދާ ފިޔާ އަށް ރަނގަޅު އަގެއް ލިބިދިނުން އެދި އެތައްހާސް ދަނޑުވެރިންނެއް މުމްބާއި އާ ދިމާލަށް 200 ކިލޯމީޓަރުގެ ނުރުހުމުގެ ހިނގާލުމެއް ފަށައިފިއެވެ. 

ދަނޑުވެރިންގެ މުޒާހަރާއާއި ގުޅިގެން ސަރުކާރުން ދަނޑުވެރިންނަށް އިނާޔަތެއް ދިނުމަށް ކަނޑައެޅުމުން އެމީހުންގެ އުފެއްދުމަށް ރަނގަޅު އަގެއް ހަމަޖެހެންދެން މުޒާހަރާ ކުރުން ހުއްޓާނުލާނެކަމަށް އެމީހުން ގެންދަނީބުނަމުންނެވެ.                           

ނާސިކް ޑިސްޓްރިކްޓުގެ ނާމްދޭވް ތަކާރޭ ގެ ބިޔަ ދަނޑުތަކުގައި އުފެއްދި ފިޔާތައް މަގުމަތީގައި ހުރެގެން ކުނިވެގެން ދަނީއެވެ. އޭނާބުނަމުންގެންދަނީ މަސައްކަތު މީހުންނަށް މުސާރަދީގެން އުފައްދާ ފިޔާ އަށް ޚަރަދު ކުރާ އަގުވެސް ނުލިބުނީމާ ބަޒާރަށް ގެންގޮސްގެން ކިލޯއަކުން ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ހޯލްސޭލް މާރކެޓުގައި ނާސިކްގެ ދަނޑުވެރިންނަށް މިހާރު ލިބެނީ 100 ކިލޯއަށް އެންމެ  ދެތިންސަތޭކަ ރުޕީސް އެވެ. ދަނޑުވެރިން ބުނާގޮތުގައި 100 ކިލޯ ފިޔާއަށް 1200 ރުފީސް ނުލިބޭނަމަ އެމަސައްކަތެއް ނުކުރެވޭނެއެވެ. 1200 ރުފީސް ލިބޭނެނަމަ ކޮންމެ 100 ކިލޯއަކުން 400 ރުޕީސްގެ ފައިދާއެއް ދަނޑުވެރިންނަށް ލިބޭނެއެވެ.            

ފާއިތުވެގެން މިދާ ހަފްތާތަކުގައި ފިޔާއަގު އަދިވެސް މާބޮޑަށް ވެއްޓުމާގުޅިގެން މަހާރާސްތުރާގެ ބައެއް ދަނޑުވެރިންގެ ފިޔާއަތް އަންދާތަންބަލަން އަންނަން ޗީފްމިނިސްޓަރަށް ދައުވަތު ދެމުން ގެންދާއިރު އަނެއްބަޔަކު ގެންދަނީ ޕާރސަލް ހަދާފާއި ބޮޑު ވަޒީރު މޯދީއަށް ޕޯސްޓުން ފޮނުވަމުންނެވެ.

އިންޑިއާގައި ފިޔާ އުފައްދާ ދަނޑުވެރިންނަށް ދޭތެރެ ދޭތެރޭން މިގޮތަށް އަގުވެއްޓުމާއި ކުރިމަތިލާން ޖެހެއެވެ. މިފަހަރު ދެން ހެދޭނެ ގޮތެއް ނެތިގެން ގިނަ ދަނޑުވެރިންގެ ފިޔާތައް ކުނިވާން ދަނޑުތަކަށް ދޫކޮށްލާފާ ހިގައްޖެއެވެ.                                                        

ދަނޑުވެރިން ހައްދާ ފިޔާގެ މައްސަލައިގެ ތެރެއަށް ވަރަށްގިނަފަހަރު ސިޔާސީ ބޭފޫޅުންގެ ބާރުވެސް ފޯރުވަމުން ގެންދަވައެވެ. އަދި ބައެއްފަހަރު ވާރޭވެހުމުގެ ސަބަބުން ދަނޑުތައް ހަލާކުވެގެންވެސް ދެއެވެ. މިފަދަ ޙާލަތު ތަކުގައި ބައެއްފަހަރު ފިޔާގެ އަގު ވަރަށް ބޮޑުވެގެން ދެއެވެ. އަނެއްބައިފަހަރު ދަނޑުވެރިން މިފަހަރުހެން ރޮއްވާލައެވެ.

ރަސްމީ ފަރާތްތަކުން ދަނޑުވެރިންނަށް ވިސްނާދެވޭތޯ ބަލަނީ މީގެ ކުރިން މައިގަނޑު ގޮތެއްގައި ފިޔާ ހެއްދުމަކީ މަހާރާސްތްރާގެ ދަނޑުވެރިންނަށް ޚާއްސަކުރެވިފައިވާ މަސައްކަތަކަށްވިޔަސް މިހާރު އަންދްރާޕްރަދޭޝްއާއި ރާޖަސްތާނާއި އަދި ބިހާރުގައިވެސް ގިނަ އަދަދަކަށް ފިޔާ ހައްދަމުން ގެންދާކަމަށެވެ.                       

އިންޑިއާއިން އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 24 މިލިއަން ޓަނުގެ ފިޔާ އުފައްދައެވެ. އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެގިނައިން ފިޔާ އުފައްދާ ގައުމެވެ. އިންޑިއާގެ އުފެއްދުމުގެ 15 އިންސައްތަ އެހެން ގައުމުތަކަށް އެކްސްޕޯރޓު ކުރެވެއެވެ. ދުނިޔޭގައި އެންމެ ގިނައިން ފިޔާ އުފައްދަނީ ޗައިނާގައެވެ.                  

އިންޑިއާގައި އާންމުކޮށް ފިޔާ ހައްދަނީ ދެ މޫސުމެއްގައެވެ. އެއީ ޑިސެމްބަރ ޖެނުއަރީ އަދި މާރޗް ގައެވެ. ޑިސެމްބަރ ޖެނުއަރީގެ ފިޔާ ގިނަ ދުވަހަކު ނުބެހެއްޓޭނެއެވެ. އެކަމަކު މާރޗްމަހުގެ ފިޔާ ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓިދާނެއެވެ.                                                          

ދަނޑުވެރިންގެ ބަހަކީ އެ މަސައްކަތާއި ބެހޭ މަޢުލޫމާތު އެނގޭނީ އެމީހުންނަށެވެ. މޫސުމަށް އަންނަ ބަދަލުގެ ސަބުބުން ލިބޭ ގެއްލުމާއި ދަނޑުވެރިކަމުގެ ޚަރަދުތަކާއި ބާޒާރުތަކަށް ގެންގޮސް ވިއކުމުން ލިބޭ އެއްޗަކާއި އުފުލަން ޖެހޭ ތަކްލީފް އެނގޭނީ ހަމައެކަނި ދަނޑުވެރިންނަށެވެ. ހުދު ގަމީސްލައިގެން އެއަރކޮންޑިޝަންގައި ތިބެގެން ހަދަމުން ގެންދާ ގާނޫނުތަކައި ގަވާއިދު ތަކަކީ އެމީހުންނަށް މާ މުހިންމު އެއްޗެއް ނޫނެވެ.                         

Loading

One Response

  1. އެހެންވީމާ ކިލޯއަކަށް މިޖެހެނީ ބައިރުފިޔާވަރު ދޯ. ބާޒާރުގައްޔާއި އެސް ޓީ އޯ އިންވެސް ރޯދައަށް ފިޔާ އަގުހެޔޮ ކޮށްފި ޚަބަރުލިބޭ. އެކަމަކު މިހާރު މިއެނގުނީ އަގުހެޔޮ ކުރުމަކާ ރޯދައަކާ އެއްވެސް ގުޅުމެއް ނެތްކަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް