ސިޔާސީ ވާހަކަ 1 / ދިވެހީންނަށް ދިވެހީން ނޭނގުނީ ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp


ދިވެހީންނަކީ މީގެ އެތަކެއް ހާސް އަހަރު ކުރިއްސުރެ މި ޖަޒީރާ ތަކުގައި ވަޒަންވެރިވެ އުޅެ އަދި މިހާރުވެސް އުޅެމުން އަންނަބަޔެކެވެ. ދިވެހީންގެ ކާބަފައިން ޒަމާންތަކުގައި ދިރިއުޅުނީ ވަރަށްވެސް ރިވެތިކޮށް ބަޔަކަށް ނުދަރާ ޚުލްޤްހެޔޮ ދިރިއުޅުމެއް ގައެވެ. އެއް މޫސުމުން އަނެއް މޫސުމަށް ރަށްރަށުގެ ބޮޑުން ދިޔައީ ރަށަށް ބޭނުންވާ ކާބޯތަކެތި ރަށަށް ގެނެސް ގުދަން ކޮށްގެން އުޅެމުންނެވެ. އެޒަމާނުގައި އެކިއެކި މީސްތަކުންގެ ގޮވަތީގައި އެކި ފެންވަރުގެ ގުދަން ހުރެއެވެ. ބޭނުމަކީ ކާބޯތަކެއްޗަށް ނުޖެހި ދިރިއުޅުމެވެ. 

އެޒަމާނުގައިވެސް، މާނައަކީ ޤަދީމީ ޒަމާނުގައިވެސް މި ދިވެހިރާއްޖޭގައި ސަރުކާރު ހިންގުމުގެ އޮނިގަނޑެއް އޮތެވެ. އެއީ އެޒަމާނަށް ބަލާއިރު މޮޅު ނިޒާމެކެވެ. ރަދުންގެ ފަރާތުން އަމުރު މައުރޫފު ހިންގުމަށް އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި މީހުން ތިބެއެވެ. ނުހަނު ގަދަރުވެރި މޮޅެތި މީހުންނެވެ. 

ދިވެހީންގެ ތެރޭގައިވެސް ރަސްކަމުގެ ދަރުބާރުގެ ދަރީން، ކަމުވޮށި މީސްތަކުންގެ ދަރީން އަދިވެސް ލިބޭ މީހުންގެ ދަރީން ރާއްޖޭގެ އަސްދަނޑިން ބޭރުން ކަރަކަރައަށްގޮސް ތަޢުލީމް އަދި އެޒަމާނުގައި ކުރިއަރާފައިވާ ގޮތްތައް ދިޔައީ އުނގެނެމުންނެވެ. 

ދިވެހިރާއްޖެއަށް އިނގިރޭސިން އައީކީ ދިވެހީން ބޭނުން ވެގެންނެއް ނޫނެވެ. އެކަމަކު ދިވެހީންގެ ތެރޭގައި އެޒަމާނުގައި އޮތް ބާރުގަދަ ޢާއިލާއެއްގެ މޮޅު ޙީލަތްތެރި ރޭވުމެއްގެ ދަށުންނެވެ. މިބުނާ ޢާއިލާއަކީ އެޢާއިލާއެއްގެ މަތިފުށް ޕޯޗުގީޒު އަދި ފަރަންސޭސިންނާއި ގުޅިފައިވާ ޢާއިލާއެކެވެ. ދިވެހީން މިހާތަނަށް ހީކުރަމުން އައީ މިދެންނެވުނު ހުރަވީ ޢާއިލާއަކީ މާ މާތް މޮޅު ބައެއް ކަމުގައެވެ. 

ތާރިޚް ލިޔުއްވާފައިވާ މީސްތަކުންނަކީވެސް އެއިރެއްގައި އޮތް ނުފޫޒުގަދަ ބައެއްގެ އަތްދަށުވެފައިވާ ބަޔަކަށް ވަނީ ވެފައެވެ. ތަންމިނަށް ފެންނާން އޮތަސް ގޯސްވެސް ވެފައިވަނީ ރަނގަޅު އެއްޗެއް ކަމުގައެވެ. ހިލާލީ ދަރިކޮޅުން ރަސްކަންކުރި 9 ވަނަ ޙަސަން ކިޔާމީހާ މުރުތައްދު ވުމުންވެސް (ޔައުނީ ދީނުން ބޭރު ވުމުންވެސް) މިހާތަނަށްވެސް މިކިޔަނީ 9 ވަނަ ޙަސަން ރަސްގެފާނެވެ. އެކަމަކު ކިނބިގަސްދޮށުގޭ މައުމޫނުގެ ވެރިކަމުގައި ބަޣާވާތެއް ކުރިކަމަށް ތުހުމަތު އަޅުވާފައި މިނިވަންކަމުގެ ބާނީ ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.އ.ވ) އަށް ކުއްތާ އަށް ޖަނާވަރަށް ގޮވުންވެސް ހުއްދަވީއެވެ. ކޮންފަދަ ހަޑި ހުތުރު ޢަމަލު ތަކެއް ތޯއެވެ. 

ހެރިޓޭޖް މިނިސްޓްރީގަ ތިއްބެވި ފުންނާބު އުސް މީހުނަށްވެސް އަޅުގަނޑު މިގޮވާލަނީ ހިލާލީ ދަރިކޮޅުގެ 9 ވަނަ ހަސަނުގެ ކުރިއަށްވެސް ފަހަތަށްވެސް ރަސްގެފާނު ކިޔުން ހުއްޓާލުމަށެވެ. މުރުތައްދު ވުމަކީ ޝަރަފެއް އަރުވާން ޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ތަހުޒީބުވަނީ އުނުއޮރިޔާން ނިވާ ކުރަން އެކަނިތޯއެވެ. ތާރީޚީ ގޮތުން ހުރިކަންކަންވެސް ރަނގަޅު ކުރާން ޖެހެއެވެ. 

ދިވެހިރާއްޖޭގައި ރަސްކަން ކުރީ ހަމައެކަނި ޕޯޗިގީޒު ފަރަންސޭސި ދަރިކޮޅުގެ ހުރަވީން އެކަނިތޯއެވެ؟ ތީމުގޭ، ހިލާލީ، އިސްދޫ، އުތީމު، އަދި ދިޔަމިގިލީ ދަރިކޮޅު ނެތީމަތޯ ހަމައެކަނި ހުރަވީ ދުވަސް ކަލަންޑަރުގައި ހިމެނި ފާހަގަ ކުރަން ޖެހެނީ؟ މީއީ ހަމަ ކޮށްލަން ސައްޙަ ސުވާލެއް ނޫންތޯއެވެ؟

ގްރޭޓަރ މާލޭ އޭރިއާގައި ހުރި ދަރުމަވަންތަ މިސްކިތް ނިސްބަތްވަނީ ދަރުމަވަންތަ ރަސްގެފާނަށެވެ. ފުޑުކޯޓު ކައިރީ ހުރި މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން އަބްދުﷲ ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ބިން އަބްދުﷲ އަށެވެ. ހުރަވީ ސްކޫލް ދޮންބަންޑާރައިންނަށް ނިސްބަތްވާއިރު ޢިއްޒުއްދީން ސްކޫލް ނިސްބަތްވަނީ އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން އަށެވެ. މިހުރީ ހެރިޓޭޖް މިނިސްޓްރީގައި ތިއްބެވި ފުންނާބު އުސް ޕްރޮފެސަރުންނަށް ނުފެންނަ ތަންތަނެވެ. ތަންތަނަށް ނަންދޭންވީ ޤައުމީ ޝަހުސިއްޔަތުންގެ ނަން ހުސްވީތޯއެވެ؟ ސުމުއްވުލް އަމީރު އަބްދުއްސައްތާރު މޫސާ ދީދީ އަކީވެސްވެސް އަގުހުރި ޝަހުސިއްޔަތެއް ނޫންތޯއެވެ؟


ދިވެހީންގެ ތާރީޚުގައި އެތަކެއް ޖަރީމާއެއް ހިންގާފައިވިޔަސް ރަސްކަން ކުރައްވާފައިވާތީ ސުލްޠާނާ ރެހެންދި ޚަދިޖާއަށް ނިސްބަތްކޮށް ރެހެންދި ސްކޫލްވެސް އެހުރީނޫންތޯއެވެ. ކިޔަވައި ދިނުމުގެ މާތް މަޤްޞަދު ޙާސިލް ކުރެވޭތަނަކަށް ކިޔަން ރަނގަޅު ނަމެއްތޯއެވެ؟ ވެދާނެއެވެ! އަޅުގަނޑަކީ ރޯނުއެދުރެއްކަމުން ތަންދޮރު ނޭނގުނީކަމަށް، އެހެނަސް ޤައުމެއްގެ ކަންކަމުގައިވެސް، ފަރުދެއްގެ ޙައިޘިއްޔަތުން ވިސްނާ ފިކުރުކުރާން އަޅުގަނޑަށްވެސް ލާޒިމްވެއެވެ. 

ނުނިމޭ…

Loading

2 Responses

  1. އަޅުގަނޑަށް ހީވަނީ ދިވެހީންނަށް ނޭނގުނީކީ ނޫންހެނެވެ. ދިވެހީން ތިބީ ފަހަކާ ޖެހެންދެން ވެރިންދެކެ ބިރުންނެވެ. ހެދިހާ ގޮތަކަށް ބޯލަނބައި ގެންނެވެ. އެންމެ ކުޑަ މިނުން ރަސްގެފާނު ނޫނީ ވާރޭ ހިޔާވާންވެސް މަނަލެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް