މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މޯލްޑިވް ގޭސް ލިބޭނެ

Loading

November 14, 2026
profile
Facebook
Twitter
WhatsApp

މޯލްޑިވް ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައި އޮތުމަށްފަހު، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ ކަމަށް، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލައަކާ ގުޅިގެން، ނޮވެންބަރު 7 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކަމުން ދިޔައީ ކޮންޓްރޯލް ކޮށްގެންނެވެ.

މިގޮތުން މިހާތަނަށް އަޅައިދެމުން އައީ 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭހެވެ.

އެ ކުންފުނިން ބުނީ މިހާރު މި މައްސަލަ ހައްލުކުރެވިފައި ވާކަމަށާއި، އެހެންކަމާއެކު، މިއަދުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ގޭސް ފޯރުކޮށްދެމުން ގެންދާނެކަމަަށެވެ.

އެ ކުންފުނިން ބުނިގޮތުގައި، ގޭސް ވިއްކާ މިންވަރު ލިމިޓްކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ އަގު އުފުލުމާ ގުޅިގެންނެވެ.

ރާއްޖޭގައި ގޭސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަމަށާއި، މި މަޝްރޫޢު ނިމުމުން 3 މަސްދުވަހަށް ވާވަރަށް ގޭސް ރައްކާކުރެވޭވަރު ވާނެކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް