މެލޭޝިޔާ އާ ސަރުކާރެއްގެ އިންތިޒާރުގައި 

Loading

Facebook
Twitter
WhatsApp

އިސްލާމީ ފިކުރުގެ ބައިވެރިން އެއްފަރާތަށް އަރާލުމުން މެލޭޝިޔާގެ ކުރީސަފުން ފެންނަ ސިޔާސީ ޕާރޓީތަކުން ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް އިއްޔެބޭއްވުނު އިންތިޚާބުގައި ޕާރލަމެންޓުގެ ގޮނޑި ކާމިޔާބެއް އެއްވެސް ޕާޓީއަކަށް ކާމިޔާބެއް ނުކުރެވުނެވެ. 

މިގޮތަށް ދިމާވުމުން މިހާރު މެލޭޝިޔާއަށް ކުރިމަތިވެފައިވާ ބުރަހެލި އިގްތިސާދާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް މެދުވެރިވެފައިވާ ނިކަމެތިކަމާއި ބައިބައިވުމަށް ނިމުމެއް އަތުވެދާނެކަކަށް ނުބެލެވެއެވެ.                                                               

އިއްޔެގެ GE15 ގެ އިންތިޚާބުގެ ނަތީޖާގައި ކުރީގެ ބޮޑުވަޒީރު ގެ ނައިބު އަދި އިދިކޮޅު ލީޑަރ ދަތޯ ސްރީ އަންވަރު އިބްރާހިމްގެ ޕަކަތާން ހަރަޕާން އަށް ޕާލަމެންޓުގެ 82 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު ކުރީގެ ޕްރައިމިނިސްޓަރ ތާން ސްރީ މުހުޔިއްދީން ޔާސީންގެ ޕެރިކަތާން ނޭޝަނަލް އަށް 73 ގޮނޑި އަދި  ފަހުގެ ބޮޑުވަޒީރު އިސްމާޢީލް ސަބްރީގެ ބަރިސާން ނޭޝަނަލް އަށް 30 ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ.

އެންމެ ދަށްކޮށް ކާމިޔާބު ލިބިފައިވަނީ ކުރީގެ މަޝްހޫރު ޕްރައިމިނިސްޓަރ ތުން ޑރ. މަހާތީރު މުޙައްމަދު އަށެވެ. އެމަނިކުފާނުގެ ޕާލިމަންޓްރީ ގޮޑިވެސް ލަންކާވީން ލިބިވަޑައި ނުގެންނެވިއެެވެ. އަދި ޖުމްލަ މަހާތީރުގެ ޕާޓީއަށް ލިބުނި 3 ގޮނޑިއެވެ. ބާކީ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ތަފާތު ކުދިކުދި ޕާރޓީ ތަކުންނެވެ.

މެލޭޝިޔާ މިއަދު ދެކޭ ތަރައްގީގެ މޭސްތިރިއަކު ކަމުގައި ބެލެވޭ މަހާތީރު މުހަންމަދު ވާދަކުރި ގޮނޑި މުހުޔިއްދީން ޔާސީނަށް ތާއީދުކުރާ ފަރާތަކުން ކާމިޔާބު ކުރުމަކީ މެލޭޝިޔާގެ މިއަދުގެ ސިޔާސީ ދާއިރާއިން އެންމެބޮޑަށް ފާހަގަ ކުރެވިގެންދިޔަ ބަދަލެވެ.                                           

މެލޭޝިޔާގެ މިފަހަރުގެ އިންތިޚާބުގައި އެންމެ ފާހަގަކުރެވެނީ 2 ޕާރޓީއެއްގެ ބާރުގަދަކޮށްފައިވާ ސިޔާސީ ނިޒާމުގެ ބާރު ކަނޑުވާލާފައި ތިންވަނަ ޕާރޓީއެއް ވުޖޫދުވެގެން އައުމެވެ. މެލޭޝިޔާއަށް މިނިވަންކަން ލިބުނީއްސުރެން އަމްނޯ ޕާޓީގެ  ކޯލިޝަން ބަރިސާން ނޭޝަނަލް އާއި އަންވަރު އިބުރާހިމް ގެ ޕަކަތާންއިން ކޮންޓްރޯލް ކުރަމުން އައި އައުން މެލޭޝިޔާގެ ސިޔާސަތުގެ ބާރު ކަނޑުވާލުމުން މުހުޔިއްދީން ޔާސީން ގެ ޕެރިކަތާން ނޭޝަނަލް އަށް އައްސެރިބަހާ ސާބަސް ދޭން ޖެހެއެވެ.                    

މެލޭޝިޔާގެ އިންތިޚާބުގެ ނަތިޖާ ދައްކާގޮތުން މިފަހަރުވެސް ޖެހޭނީ ތަފާތު ވިސްނުމާ ފިކުރުގެ އެތައް ޕާރޓީތަކެއް ތަމްސީލުވާގޮތަށް ބަލިކަށި ސަރުކާރެއް އުފައްދާށެވެ. އަދި ރަސްގެފާނަށް އިތުބާރުކުރެވޭ ބޭފުޅަކު ސަރުކާރެއް އެކުލަވާލުމަށް އަނެއްކާވެސް ފުރުސަތު ދޭންޖެހިދާނެ ކަމަށާއި މިއީ މެލޭޝިޔާގެ ސިޔާސަތުގައި މިހާރު ޢާންމު ފެނުމަކަށް ވެއްޖެއެވެ.                                                                

އިންތިޚާބުގެ ނަތީޖާގައި ޕާރލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ލީޑަރ އަންވަރު އިބްރާހިމް އެވެ. އަދި މި އިންތިޚާބުގައި އެންމެ ހައިރާންކުރަނިވި ނަތީޖާއެއް މިހާރުގެ ސަރުކާރުގެ ނުފޫޒުގަދަ ސަރަޙައްދުތަކެއް ފިރުކައިގަނެގެން ހޯދާފައިވަނީ މުހުޔިއްދީން ޔާސީންގެ ޕެރިކަތާން ނޭޝަނަލުންނެވެ. ޔާސީނަށް ތާއީދު ކުރާ ސިޔާސީ ޕާރޓީ ތަކުގެ ތެރޭގައި އިސްލާމީ ޝަރީޢަތް ގާއިމްކުރަން ވަކާލާތުކުރާ ޕާސް ޕާޓީވެސް ހިމެނެއެވެ. ދީނާއި ނަސްލުގެ މައްސަލައަކީ މެލޭޝިޔާގައި ވަރަށް މިހާރަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ.             

އަންވަރާއި މުހުޔިއްދީނުވެސް ވިދާޅުވަމުން ގެންދަވަނީ ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ތާއީދު އެހެން ސިޔާސީ ޕާރޓީތަކާއި ގުޅިގެން ހަމަޖެހިފައިވާކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވައެވެ. 

އަންވަރު ވިދާޅުވަނީ ސަރުކާރެއް އެކުލަވާ ލެވިދާނެކަން ބަޔާންކޮށް ވަރަށް އަވަހަށްރަސްގެފާނަށް ސިޓީއަކުން ދަންނަވާނެ ކަމުގައެވެ. އަންވަރު އިބްރާހމަށް ސަރުކާރެއް އެކުލަވާލެވިއްޖެނަމަ  25 އަހަރުދުވަސްވާންދެން ކުރަމުންގެންދިޔަ އުންމީދު ޙާސިލުކުރެވުނީއެވެ. މުހުޔިއްދީނު ވިދާޅުވަނީ މިހާރުގެ ސަރުކާރުގައި ހިމެނޭ ކުޑަ ބައިވެރިޔަކާއެކު ވާހަކަތައް ކުރިއަށް ގެންދެވޭ ކަމުގައެވެ. އަދި މިއަދު އެއްބަސްވުމަކަށް އާދެވޭނެ ކަމުގައެވެ.                

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މެލޭޝިޔާގެ ރައްޔިތުންގެ ނިންމުން ސިޔާސީ ނިޒާމުގައި ބޭނުން ކުރެވެމުންދާގޮތް ހާމަވެގެންދާނެއެވެ. އޭޝިޔާގެ ބައްރުން ގިނަފަހަރު ފެންނަނީ ޕާލަމެންޓަރީ ނިޒާމުގައި ރައްޔިތުންގެ ނިންމުން ކުނިގޮނޑަށް އެއްލާލާފައި ސަރުކާރެއް އުފެއްދުމަށްޓަކައި ގަނެވިއްކާ ބާޒާރެއް އުފައްދަމުން ގެންދާ ތަނެވެ.                                                     މެލޭޝިޔާގެ ރައްޔިތުންނަށް ހުރިހާ ރޮނގަކުން ކުރިއެރުމާއި ހެޔޮގޮތް މިންވަރު ކުރެއްވުމަކީ އަޅުގަނޑުމެންގެ އެދުމެވެ.              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް