އައްޑޫސިޓީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި ޓޫރިސްޓް ފެސިލިޓީ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ އައްޑޫ ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްތައް މި މަހު 28 އިން އަންނަ މަހުގެ ހަތަރަކާ ހަމައަށް ދޫކުރާނެ ކަމަށެވެ. އަދި  ބީލަމުގައި ބައިވެރިވާން މި މަހުގެ 27 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް ކައުބންސިލުން ބުނއެވެ.

ކައުންސިލުން ބުނީ މި ބީލަމުގައި ދިވެހި ކުންފުނި ތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެކަމަށެވެ.

ކައުންސިލުން ބުނީ މި ޕްރޮޖެކްޓާގުޅޭ މައުލޫމާތު ސެޝަނެއް އަންނަ މަހު ހަ އެއްގައި ބާއްވާނެ ކަމަށާ ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ގައި ކަމަށެވެ.

ައްޑޫ ސިޓީގައި އިތުރު ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާއިރު މިދިޔަ އަހަރުވެސް އެ ސިޓީގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް 31 ބިން ވަނީ ހަވާލުކޮށްފައެވެ.

ހަވާލުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ، ހިތަދޫ ޓޫރިޒަމް ޒޯންގެ 7 ބިމާއި، މަރަދޫ 1 ބިމާއ، ފޭދޫގެ 12 ބިމާއި، ހުޅުދޫ 9 ބިމާއި، މީދޫގެ ދެ ބިމެވެ. މި ބިންތަކުގައި ގެސްޓް ހައުސް ތަރައްޤީކޮށް 2 އަހަރުގެތެރޭގައި ހިދުމަށް ދޭ ޖެހެއެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޓޫރިޒަމް ޒޯން ތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް 93 ބިމެއް ކަނޑައަޅާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް