ކޯވިޑް19: އިއްޔެ ފައްސިވީ 109 މީހުން!

Loading

Facebook
Twitter
WhatsApp
 ރާއްޖެއިން ކޯވިޑް19 އަަށް އިތުރު 109 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 3 މީހަކު އަތޮޅުތެރެއަށް ނިސްބަތް ވާއިރު، 106 ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.
     އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި، 80 ދިވެއްސަކު ހިމެނޭއިރު، ދެން އިތުރަށް ހިމެނެނީ ބަނގްޅަދޭޝްގެ 24 މީހަކާއި، އިންޑިޔާގެ 2 މީހަކާއި، ލަންކާގެ ދެމީހަކާއި، އަދި ނޭޕާލްގެ މީހެކެވެ.
     އިއްޔެ ފައްސިވީ މީހުންނާއިއެކު، ބައްޔަަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 7578 އަށް ވަނީ އަރައިފައެވެ. އޭގެ ތެރެއިން 2619 އެކްޓިވް ކޭސް މިވަގުތު ފާހަގަ ކުރެވޭ އިރު، 184 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
     ރާއްޖެއިން ކޯވިޑް19 ގައި މިހާތަނަށް 19 މީހަކު ނިޔާވެފައި ވާއިރު، 4925 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް