ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން ބުނީ ނައްތާލާފައިވަނީ 180 ފުޅި ބަނގުރަލާއި 110 ދަޅު ބިޔަރުކަމަށާ އެ ތަކެތި ނައްތާލައިފައިވަނީ ގއ ވިލިގިލީ ޕޮލިސް ސްޓޭޗަނުގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 7 އިން އޮގަސްޓް 16 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްތި ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.