ބިންހެލުމާއި ގުޅިގެން މާލޭގެ ބައެއް އިމާރާތްތަކަށް ލޮޅުން އެރި

Loading

Facebook
Twitter
WhatsApp

މިއަދު ރާއްޖެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވާއިރު އޭގެ އަސަރު މާލޭގެ ބައެއް އިމާރާތްތަކަށް ކޮށފިއެވެ.

މޫސުމާއި ބެހޭ އިދާރާ މެޓް އިން ބުނީ އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާއިރު އޭގެ އިހުސާސް ކުރެވުނީ މާލެ ސަރަހައްދަށް ކަމަށާއި، އެ އެރި ލޮޅުން މިނެޓެއްހާއިރު ހުރި ކަމަށެވެ.

އަދި މީގެ އިތުރުން ބިންހެލުމުގެ އަސަރު ބެލުމަށް ހދ ގައި ހުންނަ މީޓަރަށް ބިން ހެލުމުގެ އަސަރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބިންހެލުމުގެ އަސަރު ބެލުމަށް އަތޮޅުތެރޭ ދެ ސަރަހައްދެއްގައި މީޓަރު ބަހައްޓާފައިވެއެވެ. އެއީ ހދ. ހަނިމާދޫއާއި ލ. ކައްދޫ އެވެ. މި ލޮޅުމުގެ އަސަރުކޮށްފައިވަނީ 9:02 ގައި ކަމަށްވެސް މެޓްން ބުނެއެވެ.

މެޓްން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާއިރު އޭގެ އިހުސާސް ކުރެވުނީ މާލެ ސަރަހައްދަށް ކަމަށާއި މާލޭ ބައެއް ސަރަހައްދުތަކަށް އެރި ލޮޅުން މިނެޓެއްހާއިރު ހުރި ކަމަށެވެ.

އެގޮތުން މާލޭގެ ބައެއް އުސްއިމާރާތްތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު ބައެއް އިމާރާތްތަކުން މީހުން ނުކުމެފައިވެސް ވެއެވެ.

އެގޮތުން ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގައި މަސައްކަތްކުރާ މުވައްޒަފުންވެސް ވަނީ އިމާރާތުން ނުކުމެފައެވެ. އެ ވަގުތު އިމާރާތުގައި މަސައްކަތްކުރި މުވައްޒަފަކުބުނީ އިމާރާތުގައި އެވަގުތު ތިބި ބައެއް މުވައްޒަފުންނަށް ލޮޅުމުގެ އަސަރުކޮށްފައިވާއިރު ބައެއް މީހުން ބުނާގޮތުން ލޮޅުމުގެ އިހުސާސް ނުވެއެވެ.

އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް މިއަދު ހެނދުނު 8:30 ގައި ވަނީ 5.9 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. އެއީ މާލެއާ 2854 ކިލޯ މޯޓަރު ދުރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް