އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އެ މީހާ އަލީ ސާލިހަށް ހަމަލާދިނީ އިއްޔެ މެންދުރު ހުޅުމާލޭ މަގުމަތިން ސައިކަލުގައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގެ ވީދިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ވަނީ ތޫނު އެއްޗަކުން އަލީ ސާލިހުގެ މޫނާއި ކަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލީ ސާލިހު ހަމަލާއިން ދިފާއުވާން ކުރެއްވި މަސައްކަތްތުން ކަރަށާއި މޫނަށް ހަމަލާނުދެވުނީމަ އަތަށް ހަމަލާދީ ޒަހަމް ކުރާ މަންޒަރު ފެނެއެވެ.
އެ މައްސަލައާއި ގުޅިގެން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ކުށުގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ހަމަލާ ދިންތާ މާގިނަ އިރުތަކެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅުމުން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާއެވެ. އެފަހަރު އޭނާ ދޫކޮށްލީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެއެވެ
އަލީ ސާލިހަށް ހަމަލާ ދިނުމުގެ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންނެވެ.