ޝައިޚް ފަޒްލޫން ހައްޔަރުކުރީ ރަނގަޅަށް: ހައި ކޯޓް

Loading

Facebook
Twitter
WhatsApp

ޝައިހް ފަޒްލޫން ބިން މުހައްމަދު ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ޝައިހް ފަޒްލޫން ބަންދުކުރީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގަ  ޖޫން 22 ވަނަ ދުވަހުއެވެ. އަދި  އެކި ފަހަރު މަތިން ފބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ހައިކޯޓުގައި ތިން އަމުރެއް އިސްތިއުނާފް ކޮށްފައިވެ އެވެ.

ފަޒްލޫން ދޫކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ތިން އަމުރެއް ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ފުލުހުންގެ ފަރާތުން ބަންދު މަޖިލީސްތަކަށް އެކަށީގެންވާ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. ެ. އަދި އިންޓެލިޖެންސް ރިޕޯޓާއި ވީޑިއޯގެ އިތުރުން ފުލުހުންގެ ބަޔާންތަކެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި އިންނެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

އެ މައްސަލައިގައި ފަޒްލޫންގެ ފަރާތުން ނުކުތާތަކެއް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަޒްލޫން ދޫކޮށްލާފައިވާއިރު ދައުލަތުން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް އޭނާ މިހާރު ހުރީ މިނިވަން ކޮށްފައެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން  ފަޒްލޫނުގެ އިތުރުން ހައްޔަރުކުރި ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ.

Loading

One Response

  1. kobaath liwaathu group aai anhenkulhi gourp. mi dhekulheege actorunnah qanoon nuhingenee nuvath finihaku dhuveleegai dhanee keevvebaa?! alhe visnaalabal

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް