މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި  9000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

Loading

Facebook
Twitter
WhatsApp

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ޚާއްސަ ކޮށްފައިވާ ”ގެދޮރުވެރިން ޕޯޓަލް“އަށް މިހާރު ވެސް 9000 އަށް ވުރެން ގިނަ ފަރާތަކުން ކުރިމަތިލައިފިއެވެ.

ސަރުކާރުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފްލެޓް މަޝްރޫއުގައި 4000 ފްލްޓް މަސައްކަތް ދަނީ ކުރަމުންނެވެ.  މި ފްލެޓްތަކުގެ އިތުރުން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކަކީ ހުޅުމާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ 1،000 ގޯއްޗާއި އަދި ގުޅީފަޅުން ހިއްކާ ބިމުން  ދޫކުރުމަށް ނިންމާފައިވާ 2،000ގޯއްޗެވެ.  

މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ގިނަ އަދަދެއްގެ މީހުން އެދެމުން އަންނައިރު ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމަށް މާލޭ ސިޓީ ކައުންސިލާއި އަދި އެމްޑީޕީން ވެސް އަންނަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ބޯހިޔާވަހިކަމުގެ މި މަޝްރޫއުއަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 26 އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އިމާރަތްކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށާ އަންނަ އަހަރު މެދުތެރޭ ރަޖިސްޓްރީ ހަވާލު ކުރެވޭ ވަރު ވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ފްލެޓްތަކުގެ އަގު އެންމެ ބޮޑުވެގެން ދޭނީ، މަހަކު 7000-8000ރ. އަށް ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް