ހުޅަނގު މޫސުމްގެ ގަދަ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާ އިރު ކަނޑު މަތީގެ ދަތުރު ފަތުރުގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭން ޖެހޭނެއެވެ.
ދާދި ފަހުން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލާ އަންހެނަކާ އޭނާގެ 7 އަރުގެ ދަރިފުޅުގެ މަރުވެގެން ދިޔަ ހިތާމަވެރި ކާރިސާ އަކީ ހިތުން ފިލުވާ ނުލެވޭވަރުގެ ކާރިސާއެކެވެ. އަދި ހަމަ އެހެންމެ ނޮޅިވަރަން ފަރުން ފުރައިގެން ގަދަ ވިއްސާރައިގާ ދަތުރުކުރަމުންދިޔަ ލޯންޗެއް ބަނޑުންޖަހާލާ އެލޯންވުންދަތުރުކުރި އެއް ޢާއިލާގެ 4 މީހުންނާ އިތުރު މީހަކު މަރުވި އެ ހިތާމަވެރި ކާރިސާގެ މަތިން ހަނދުމަ ކޮށްލައްވާށެވެ.
ވިއްސާރަ މޫސުމެއްގައި ލޯންޗްފަހަރުގެ ދަތުރުތައް ކުރާއިރު ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ ޚާއްސަ ކުރެވިފައިވާ ލައިފް ޖެކެޓް އަޅުވަން ޖެެހެއެވެ. އެހެނަސް ލައިފް ޖެކެޓް ނާޅުވާ ފަސިއްޖަރުންގެ ފުރާނައަށް ބެލުމެއްނެތި ބައެއް އޮޑިފަހަރުގެ ކައްޕީން ގަދަ ވަޔާ ވިއްސާރައަށް ވެސް ބެލުމެއްނެތި ދަތުރުކުރުމުގެ ސަބަބުން މިފަދަ ހިތާމަވެރި އެތައް ކާރިސާ އެއްވަނީ ހިނގާފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރާގައިވެސް ވަނީ މިފަދަ ހިތާމަވެރި ގެއްލުންތައް ވެފައެވެ. ކައިރި ކައިރީން ދަތުރު ކުރީ ދެ އުޅަނދުގެ ދޭތެރެއަށް ވެއްޓި ދެ އުނޅުދު ދޭތެރޭގައި ތާށިވެގެންނެވެ. ވިއްސާރަ މޫސުމުގައި ދަތުރު ފަތުރު ކުރަން ވާނީ ހުރިހާހިނދަކު ރައްކާތެރި ވެވޭނެ ހުރިހާ ގޮތްތަކަށް ވިސްނައިގެންނެވެ. ދަތުރު ފަތުރު ކުރާ އުޅަނދު ފަހަރުގެ ސީޓްތަކުގައި ލައިފް ޖެކެޓް އޮންނާނެ ތަން އަންގައިދޭ ލިއުން ހަރުކޮށްފައި ހުރެއެވެ. އެހެނަސް އުޅަނދު ފުރުމުގެ ކުރިން ވިއްސާރައާ ބެހޭ މަޢުލޫމާތު ދީ ރައްކާތެރިވެ ތިބުމަށްޓަކާ ލައިފްޖެކްޓް އަޅުވާ ހަދަނީ ވަރަށް މަދުން ކަން ފާހަގަ ކުރަމެވެ. ކެޕްޓަނުގެ ޒިންމާއެއް ނޫފުލައެވެ.
ގަދަވަޔާ ވިއްސާރައިގާ ދަތުރު ފަތުރު ކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައަކީ ދޭތެރެ ދޭތެރެއިން ކޮޅިގަޑު ނަގާ އާދަޔާ ޚިލާފަށް ކަނޑުގަދަވެ އެތައް މޭލެއްގެ ބާރުމިނުގައި ކޮޅިގަނޑުގެ ވައި އަންނަމުންދާ ވިއްސާރައެކެވެ. ކަން މިހެން ހުރުމާއެކު އެއްރަށުން އަނެއްރަށަށް ދަތުރު ނުކޮށް ވިއްސާރަ ރަނގަޅު ވަންދެން މަޑުކޮށްލުމަކީ ފުރާނަސަލާމަތް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމުގައި ބައްލަވާށެވެ.
އަނެއްކޮޅުން މާލޭއާ ރާއްޖޭގެ އެކި ހިސާބުތަކުގައި އެދަނީ އުސް ޢިމާރާތްތައް އަޚަމުންނެވެ. މިފަދަ އުސް ޢިމާރާތް ތަކުގެ ސީޓް މަތީގައި ފުލައިވޫޑު ފިލަޔާ ޓިނުފަދަ ތަކެތި ބެހެއްޓުމަކީ އެއްގަމު އުޅަނދު ފަހަރުގައި ދަތުރު ކުރާ މީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ.ކޮޅި ގަނޑުގެ ވަޔާއެކު އެތަކެތި އުދުހިގެން މަގުތަކަށް ވެއްޓުމަކީ މަގުމަތީގައި ދުއްވާ ސައިކަލާ ބައިސްކަލް ފަދަ އުޅަނދު ތަކުން ދަތުރު ކުރާ މީހުންގެ ފުރާނައަށް ނުރައްކާ ވާނެ ކަމަކަށް ވާތީ ވިއްސާރަ ދުވަސް ވަރު އިމާރާތް ކުރާ ފަރާތް ތަކުން މިފަދަ ކަންކަމަށް ސަމާލުވެ ލެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެމެވެ.
ނިމުނީ….