މާލޭގެ ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:26 ހާއިރު ކަމަށާ މި ހާދިސާ ހިނގާފައިވަނީ ގ. ނިއުކޮލަންބިއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމަށް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި ހަވީރު ފަހެއްޖެހިއިރު އަލިފާން ނިއްވާލެވުނު ކަމަށް ވެސް އެންއެންޑީއެފްން ބުނެއެވެ.
މި ހާދިސާގައި ގަރާޖުގެ އެތެރޭގެ ހުރި ތަކެތި އަދާ ހުލިވެފައިވާއިރު ގަރާޖް ކުރިމަތީ ޕާކްކޮށްފައިހުރި ބައެއް ސައިކަލުތައް އަދައި ހުލިވެފައިވާއިރު ގިނަ އަދަދެއްގެ ސައިކަލުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފައެވެ.
މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ވެފައިވާ ގެއްލުމުގެ އިތުރު ތަފުސީލު ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.