ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށްލުން

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށް ލުމަކީ މީގެ ސާޅީސް އަހަރުކުރިން އެމެރިކާގައި ރާވާފައި އޮތް ސިއްރު އެޖެންޑާއެއްގެ ދަށުން ތަންފީޒު ކުރެވިގެން ދިޔަ ނުބައި ރޭވުމެއްގެ އަމަލެކެވެ. އެއީ އޭޝިއާގައި ތިބެގެން ވީހާ ގާތުން ޗައިނާއަށް ފާރަލާއި ޗައިނާގެ ކުރިއެރުންތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ހެދުމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަޅަކަށް ހެދީ ޕާކިސްތާނަކީ އެމީހުންގެ އެންމެގާތް ބައިވެރިޔާ ކަމުގައި ހަދައި އެއަށް ފަހު ޕާކިސްތާނު ބޭނުން ކޮށްގެން އަފުޣަނިސްތާނަށް އެރުމެވެ.

އެކަން އެގޮތަށް ތަންފީޒު ކުރަމުން ކުރިޔަށް ދަނިކޮށް އެމެރިކާގެ ވެރިކަމަށް ވިޔަފާރި ވެރިއެއް ކަމުގައިވާ ޑޮނަލްޑު ޓުރަމްޕުގެ ސިޔާސީޕާޓީއެއް މެދުވެރިކޮށް ވެރިކަމަށް އައީއެވެ.

ދެން، ފަހެ، ވިޔަފާރީގެ ޖާދުލުގައި މެދުއިރުމަތީ އަރަބި ރަސްރަސްކަލުން ޖައްސާއި، އިމްރާންޚާނައި ގުޅުނު ހިސާބުން ޚާންސާހިބުގެ ބަސްތައް ގަބޫލު ކުރެވި އަފުޣާނީންނަކީ ބަލިކުރެވޭނެ ބައެއް ނޫންކަމަށް ޓުަރަމަޕަށް ގަބޫލު ކުރެވިއްގެން ދިޔައީއެވެ. އެގޮތުން ޓުރަމްޕް ނިންމީ އެހަނގުރާމައަށް ކުރުމަށް ކުރަމުން ގެންދާ ބިޔަ ޚަރަދު ނުކޮށް ހަނގުރާމަ ހުއްޓާލާފައި އަފުޣާނިސްތާނުން ފޭބުމަށް ޓުރަމްޕު ނިންމެވީއެވެ. އެހިސާބަކީ އެމެރިކާގެ އަނދިރި ރޭވުމައި ޚިލާފުވެވުނު ހިސާބުކަމުގައި ބެލެވުނީއެވެ.

މިއީ މުޅިން އާރޭވުންތަކެއްގެ ދަށުން ޕާކިސްތާނާއި ރާއްޖެއާއި މިސަރަހައްދު ފޯކަސްކޮށް ޓާގެޓު ކުރެވުނު ހިސާބުވެސްމެއެވެ.

ފަހެ، އެހިސާބުން ޓުރަމްޕު ވެރިކަމުން ދުރުކޮށް، އެމީހުންގެ އަނދިރި ރޭވުމާ ގުޅޭ މީހެއް ކަމުގައިވާ ބައިޑަން ވެރިކަމަށް ގެނައީ އިމްރާންޚާނަށް ޕާކިސްތާނުގައި ހެދިގޮތަށް ވުރެ ހުތުރުގޮތްތައް ހަދާފައެވެ. ޓުރަމްޕުގެ އަތްމަތީ ޕޮތްކަމުގައިވާ ޓުވީޓަރާއި ފޭސްބުކުން މަހުރޫމްކޮށް ލާފައެވެ.

ސިޔާސީ މީހަކަށް މިއަދުގެ ދުނިޔޭގައި މިވަސީލަތްތަކަކީ އެންމެބޮޑު ހިތްހަމަޖެހުމެވެ. ސީދާ ތިމާގެ ހިތާއި ހިތުގެ ގުޅުން ސަޕޯޓަރުންނާއި ގުޅުވަދޭ ވަސީލަތެވެ. މިވަރުން ފުދުނީކީ ނޫނެވެ. ބާޣާވާތެއް ކުރި ޚާއިނެއްގެ ނަން ނުލިބި ދިޔައީ ހަމަ ކިރިޔާ އެވެ.

ޕާކިސްތާނުގައި ވެރިކަން ބަދަލު ކުރުމުގެ ކަންކަން ހިނގަމުން ދިޔައިރު އިނގިރޭސި ބޮޑުވަޒީރު ލައްވާއި ޔުކުރޭން ސަރަހައްދަށް ބަރު ހަތިޔާރު އުފުލުމުގެ ހުރިހާ މަގެއް ގެންދިޔައީ ހުޅުވަމުން ނެވެ. ދަންނާށެވެ. ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން އެރުމައި މިހުރިހާ ކަމެއްގެ އަމާޒަކީ ވެސް ޗައިނާ އަށް ކަޅިއަޅައި ތައްޔާރަށް އޮތުމެވެ. ގައުމުތަކުގައި ވަރުގަދަ އަސްކަރިއްޔާއެއް ބިނާ ކުަރަންޖެހެނީ މިފަދަ ބިދޭސީ ނުފޫޒުތަކުން ދައުލަތް ރައްކާތެރި ކޮށް ސަލާމަތުން ބޭއްވުމަށެވެ. މިއީ ރައްޔިތުންގެ ވާޖިބެކެވެ. ގައުމުގެ ސަލާމަތަށްޓަކައެވެ.

އިމްރާންޚާނުގެ ވެރިކަން ވެއްޓުނުތާ ދެތިންދުވަސް ތެރޭގައި އަފުޣާނިސްތާނުގެ ޖައްވު ތެރެއިން ޑުރޯންތަށް އުދުހުނުތަން ފެނިފައި ވެއެވެ. އަފުޣަނިސްތާނާއި ޕާކިސްތާނާއި ދިވެހިރާއްޖެ އަކީ އެމެރިކާއަށް މަޖުބޫރު ވެގެން ނޫނީ ދޫނުކުރާނެ ބިންތަކެވެ.

ކުޅެވުނު ގޮތަކަށް ކުޅެގެން މިގައުމުތަކުގެ ބިންތަކުގަގައި ތައްޔާރީ ޙާލަތުގައި ޗައިނާއަށް ޙަމަލާ ދެވޭގޮތަށް އަރާ ތިބުމަކީ އެމީހުންގެ އަނދިރި ރޭވުމުގައި އޮތް އެޖެންޑާއެވެ. އެހެނަސް މިއިން ލިބިގަންނަން ޖެހޭ ފިލާވަލަކީ، ރައްޔިތުންގެ ބާރު ދުއްވާލިޔަ ނުދީ، އެއީ ދުސްތޫރީ އެންމެ މަތީ ބާރު ކަމުގައި ދެކިގެން އަބަދަށް ރައްޔަތުންގެ އެބާރު ދަމަހައްޓަމުން ގެންދިއުމެވެ.

ވީމާ ޙައްގު ގޮތް ފެނުމުން ރައްޔިތުން މަޑުން ތިބެގެން ނުވާނެއެވެ. އެވަގުތަކަށް ފެންނަން ހުރި އެންމެ ރަނގަޅު ލީޑަރު ފަހަރައް އަރަން ޖެހޭނެއެވެ. ނުކުންނަން ޖެހޭނެއެވެ. ގައުމުގެ ޙިމާޔަތުގަ އެވެ.

ލޮބުވެތި ރައްޔިތުންނޭވެ. ދަންނައެވެ!

ޕާކިސްތާނުގެ ސިފައިންނަށް ވާނުވާ ރަނގަޅަށް އެނގެއެވެ. އެއީ ގައުމީ ލަޝްކަރެކެވެ. އެލަޝްކަރުގައި ގިނައީ ގައުމީ ލެއާއި ގައުމީ ވިންދެވެ. ހުރިހާ ކަމެއް ވެސް އޮތީ ފުރިހަމަ ކޮންޓުރޯލްގައެވެ.

އުޅެއުޅެ ވެސް އެއްވެސް ގޮތެއް ހެދެން ނެތުމުން އިމްރާނު ރައްޔިތުން ތެރެއަށް ފޮނުވަން ޖެހުނީ ރައްޔިތުންގެ ވިންދުހުރި ގޮތުން ބޮޑު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންނާއި އެކު މަޖިލީހަށް ގެނެސް ޕާކިސްތާނަށް އެންމެ ފުރިހަމަ ނިޒާމަކަށް ޕާކިސްތާގެ ވެރިކަމުގެ ނިޒާމު ގެންދިއުމަށެވެ.

އެތަން އިރާދަ ކުރެއްވިއްޔާ ޕާކިސްތާނުގެ ރައްޔިތުންނަށް، މާތްﷲ ދައްކަވާނެއެވެ. ރާއްޖެއަކީ ވެސް އެމީހުންގެ އަމާޒުގެ ދަށުގައި އޮތް ތަނަކަށް ވާތީ ރައްޔިތުން ވޯޓުދޭއިރު ގައުމީ މީހަކަށް ނޫނީ ވޯޓު ދޫކޮށްލައިގެން ނުވާނެއެވެ. އެހެނަސް މިހާރު އޮންނާނެ އެންމެ ބޮޑު ބިރަކީ ޕުޓިން މަރާލަން ބޭނުންވާ ގޮތަށް އިމްރާންޚާނުގެ ފުރާނަ ދުއްވާލުމެވެ. އެއީ ވެސް އަނދިރި އެޖެންޑާ ގައި އޮވެނުދާނެ އެޖެންޑާއެއްކަމުގައި ގަބޫލެއް ނުކުރެވެއެވެ.

ވީމާ ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް ވިސްނާއި ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. މަދުބައެއްގެ މަންފާއަށް ޖީބުބޮޑުކުރުމަށް ހިންގާ ޣައްދާރީތަކަށް ނުރުހުން ފާޅުކޮށް، ނަފުރަތުކޮށް، ފާޅުގައި ނޫނެކޭ ބުނަން ޖެހޭނެއެވެ. އަދި އަމަލުން އެކަންދައްކަން ޖެހޭނެއެވެ.

ރާއްޖެ އަރާ ތިބި އަވަށްޓެރު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ކޮންމެހެން ކުރަންޖެހޭ އެންމެ އިސް ކަންތަކެވެ. އަދި އިންޑިއާއިން އިންޕޯޓުކޮށް ފައިވާސަރުކާރު އެއްވެސް ޙާލެއްގައި ގަބޫލުކޮށް ގެން ނުވާނެއެވެ. ފާޅުގައި ނޫނެކޭ ބުނާށެވެ. އަދި އަމަލުން އެކަން ދައްކާށެވެ. އެއީ ޖިހާދެވެ. އެއްވެއުޅުމުގެ މިނިވަންކަންވަނީ ދިވެހި ގާނޫނު އަސާސީއިން ފުރިހަމައަށް ލިބިދީފައެވެ. ވެރިކަމުގައި ތިބި މީހުންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެމީހުންވަނީ އެގޮތުގައި ބޭނުން ތަނެއްގައި ބޭނުން އިރަކު މުޒަހަރާތަށް ކޮށްފައެވެ.

ރައްޔިތުން އެއްވެ ދައްކާ ކޮންމެ ވާހަކައެއްގައި މިވާހަކަބުނެ ގެންނަން އަބަދު ވެސް ހަނދާން ކުރާށެވެ. ޓުއީޓަރާއި ފޭސްބުކުގައި ކުރާ ކޮންމެ ޕޯސްޓެއްގައި އެވާހަކަތައް ހޭޝްޓެގުކޮށް އެވާގޮތަށް ބުނަމުން ގެންދާށެވެ. ގައުމަށް ޓަކައެވެ. ދީނަށްޓަކައެވެ އަދި ޔަގީނުންވެސް ރައްޔަތުންގެ ޙައްގުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް