އަންނަ މާޗް މަހުން ފެށިގެން މެލޭޝިއާގެ ބޯޑަރުތައް އަލުން ހުޅުވާލާނެ ކަަމަށް އެ ޤައުމުގެ ނެޝަނަލް ރިކަވަރީ ކައުންސިލްގެ ޗެއާރމަން މުހިއްދީން ޔައްސިން ވަނީ ވިދާޅުވެފައެވެ.
މާޗް މަހު މެލޭޝިއާ އަލުން ހުޅުވާލާއިރު އެގައުމަށް އެތެރެވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް އެޤައުމަށް އައުމުގެ ކުރިންނާއި އެޤައުމަށް އެތެރެވުމާއެކު ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓް ހަދަން ޖެހޭ ކަމާށް އެޤައުމުގެ ހެލްތް މިނިސްޓްރީ އިން ވަނީ ލަފާ ދެވާފައެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެލޭޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރު އަހަރުގެ ތެރޭގައެވެ.
މެލޭޝިއާގެ އިތުރުން އިންޑޮނޭޝިއާ އިން ވެސް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދޭން ނިންމާފައެވެ. އިންޑޮނޭޝިއާ އިން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި އިމާރާތްތަކަށް ވަންނައިރު ހުން ބެލުން ފަދަ ކަންކަން ކުރުން ހުއްޓާލުން ވެސް ހިމެނެއެވެ.
އޮމިކްރޯން ވޭރިއަންޓާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް މިހާރު ގިނަ ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
One Response
އެކި ނަންނަމުގައި މިހާރު އެކިޔާ ކޮވިޑް އެއީ ސީޒަނަލް ފުލޫ އެއްކެމަށް ގިނަ ގައުމުތަކުން ގަބޫލުކުރީއެވެ. އެއީ އެ ގައުމުތަކުގައި އަހަރަކަށް އާދަކޮށް މަރުވާ ރޭޓަށްވުރެ މާގިނައިން މިކިޔާ ކޮރޯނާގައި މަރުވެފާނެތުމުންނެވެ. ތަފާތަކީ މިހާރު މަރުވާ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވެއްޖޭބުނާ ބުނުމެވެ. ދެން އިންސާނުން މިގޮތަށް ކަސްތަޅުއަޅުވައި ނުގެންގުޅެވޭނެކަމަށް ފެނެއެވެ.