މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން!: ޑރ. މުޢިއްޒު

Loading

Facebook
Twitter
WhatsApp

މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށާއި ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށް މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރަށްވެހީންނަށް ހުޅުމާލެއިން އެކަނި ވެސް މަދު ވެގެން 4،000 ގޯތި ދެވެން އެބައޮތް ކަމަށާއި ގުޅީފަޅު ހިއްކައިގެން ވެސް މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި މީގެ އިތުރުން ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 15،000 ފްލެޓު އަދި ގުޅީފަޅުން 25،000 ފްލެޓު ދެވެން އެބައޮތް ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި މިއަދު ވިދާޅުވެފައި ވަނީ ހުޅުމާލުގައި މިހާރު އަޅަމުންދާ 5،000 ހައުސިން ޔުނިޓްގެ އިތުރުން 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ގޮތުގައި ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށްގޮސް ގުޅައިލެވޭ ތަނަކަށްވާނެއެވެ.

“ އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުން ވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން.“ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް