އާންމުތަނެއްގައި ބަދު އަޚުލާގީ އަމަލެއްހިންގިކަމަށް އިންޑިޔާގެ ފިލްމީ ތަރި ޝިލްޕާޝެޓީގެ މައްޗަށް އުފުނު ދައުވާގައި އޭނަ ކުށްވެރިނުވާކަމަށް އިންޑިޔާގެ ކޯޓަކުން އެންމެ ފަހުން ނިންމައިފިއެވެ. ޝިލްޕާއާ ދެކޮޅަށް ބަޔަކު ކޯޓަށް މައްސަލަ ވެއްދީ މީގެ ފަނަރަ އަހަރު ކުރިން، 2007 ވަނަ އަހަރު ހޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި ރިޗަރޑް ގިއަރ، އާންމު ތަނެއްގައި ޝިލްޕާގެ ގައިގައި ބައްދާލުމަށްފަހު ދޮނެއް ދިނުމާގުޅިގެންނެވެ. މިކަން ހިނގީ ދެތަރިން ބައިވެރިވަމުން ގެންދިޔަ، އެއިޑްސް ބައްޔާމެދު ހޭލުންތެރިކަން އުފެއްދުމަށް އިންޑިޔާގެ ދިއްލީގައި ބޭއްވި އިވެންޓެއްގެ ތެރޭންނެވެ.
މިހާރު ކޯޓުން ނިންމާފައިވަނީ އެދައުވާއަކީ ހަގީގަތެއް ނެތް އަސާސެއްގެ މައްޗަށް އުފުލި ދައުވާއެއްކަމަށާ، ގިއަރގެ އަމަލަކީ ޝިލްޕާ އެދިގެން ނުވަތަ އޭނާގެ ރުހުމުގައި ކުރިޔަށް ދިޔަ އަމަލެއް ނޫން ކަމުގައެވެ. އެކަން ހިނގިއިރު ހަރުކަށި ހިންދޫ ގްރޫޕްތަކުން ބުނެފައި ވަނީ އެގޮތަށް އާންމުތަނެއްގައި ދޮންދިނުމަކީ އިންޑިޔާގައި ޒަމާނުއްސުރެ ހިފަހައްޓަމުން އަންނަ އާންމު އުސޫލުތަކާ އާދަކާދަޔާ ޚިލާފު ކަމެއް ކަމުގައެވެ. މިކަމާ ގުޅިގެން ރިޗަރޑް ގިއަރ ބުނެފައިވަނީ އޭނާ އެކަން ކުރީ އެގޮތަށް މީހަކަށް ދޮނެއް ދިނުމަކުން އެޗް.އައި.ވީ ނާރާނެކަން ދެއްކުމަށް ކަމުގައެވެ.
2007 ގެ ހާދިސާޔަށް ފަހު ޝިލްޕާޝެޓީ ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އަދި ހަމަ އެއަހަރު އޭނާ ވަނީ ރިޔަލިޓީ ޝޯ ”ސެލެބްރިޓީ ބިގް ބްރަދަރ“ ގައިބައިވެރިވެފައެވެ. އެފަހަރު ޝޯ ކާމިޔާބު ކުރީވެސް ޝިލްޕާއެވެ.