ފަތްކޭލުގެ ބާވަތަކުން ދުނިޔެ ކާޑަށް ޖެހުން ހުއްޓުވިދާނެތަ؟

Loading

Facebook
Twitter
WhatsApp

އިތިއޯޕިޔާގައި އާންމުކޮން ހައްދަމުން އަންނަ ފަތްކެޔޮ އާއިލާގެ ބާވަތެއްކަމަށް ”އެންސެޓް“ މި ގަސް ފުޅާ ދާއިރާއެއްގައި ހައްދައިގެން ދުނިޔޭން ކާޑުގެ ދަތިކަން ފިލުވުމަށް އެހީތެރިވެދީފާނެ ކަމަށް އަލަށް ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

މިބާވަތުގެ ގަސް މުހިންމު ވަނީ މިއީ ހޫނު މޫސުމުގައިވެސް ހެއްދޭ ބާވަތަކަށް ވާތީއެވެ.

ދިރާސާ ހެދި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރަށް ވުރެ ފުޅާކޮށް މިބާވަތް ހައްދައި ފޯރުކޮށްދީފިނަމަ ސަތޭކަ މިލިއަނެއްހާ މީހުންނަށްވެސް ކެއުމަށް ފުދޭވަރަށް ހެއްދިދާނެއެވެ.

ނަމަވެސް އެންމެ ހައިރާން ވާންޖެހޭ ކަމަކީ މި ބާވަތުގެ ގަހުން ކެއުމަށް ބޭނުން ކުރަނީ ބޯއްޓެއްގެ ސިފަޔަށް އަންނަ އޭގެ މޭވާ ނޫންކަމަށް ވާތީއެވެ.

އެގަހުން ބޭނުން ކުރަނީ ގަހުގެ ދަޅިއާއި މަދުގަނޑެވެ.

. އިތިއޮޕިޔާގައި މިގަހުގެ ބައިތައް ބޭނުން ކޮށްގެން ޕާންފިހެ އަދި ބަތްޕެން ފަދަ ކެއުން ތައްޔާރު ކުރެއެވެ

އެގައުމުގައި ވިހި މިލިއަނެއްހާ މީހުން ކެއުމަށް މިބާވަތުގެ ގަހުގެ ދަޅި ބޭނުން ކުރި ނަމަވެސް

މިއީ އެފްރިކާގެ އެހެން ގައުމުތަކުގައި އަދި އެހާ އާންމު އެއްޗެއް ނޫން ކަމަށް ވެއެވެ.

ނަމަވެސް ދެކުނު އެފްރިކާ ފަދަ ހޫނު މޫސުމް އޮންނަ އެހެން ބަޔެއް ގައުމުތަކުގައިވެސް މިއާއިލާގެ އެކި ވައްތަރު ފަސޭހައިން ހެދޭކަން ފާހަގަ ކުރެވިފައިވާކަމަށް ދިރާސާ ހެދި ފަރާތްތަކުން ބުނެއެވެ.

އެހެން ކަމުން ދުނިޔެ ހޫނުވަމުން ދިޔަނަމަވެސް މިބާވަތަކީ ފަސޭހައިން ހެއްދިދާނެ ތަކެތި ކަމަށް އެފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް