ރަށުން ބޭރުގައި ޙާފިޡްކަން ކިޔެވުމަށްދާ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

 

ރަށުން ބޭރުގައި ޙާފިޡްކަން ކިޔަވަން ބޭނުންވާ ދާރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށާ އިލްމު އުގެންނެވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވާކަމަށެވެ.

“  މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން.“  ރައީސް ސާލިހު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކީރިތި ގުރުއާނާއި ބެހޭ ބަރުކަޒުގެ ދައުރު އިތުރަށް ފުޅާވާން ޖެހޭ ކަމަށާ ގުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުންކަމަށެވެ.

“ އާދެ، އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން، ކީރިތި ގުރްއާނުގެ އިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް، އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ގުރްއާން ޓީޗަރުންނާއި، ޙާފިޡުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ“

 

ރައީސް ސާލިހު ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކީރިތި ގރްއާނުގެ އިލްމުތައް ފެތުރުންކަމަށެވެ. އަދި ގްރުއާނުގެ އިލްމީ ދިރާސާތަށް ކުރަން ޖެހޭ ކަމަށެވެ.

ގުރްއާނުގެ އިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ޤުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ އިލްމީ ހޯދުންތައްވެސް، ކީރިތި ގރްއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަވެގެންދާނެކަން ޔަގީން“ ރައީސް ސާލިހު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް