ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން ވަގުތަށް އުވާލާޖެހޭ ކުންފުންޏެއްކަމަށް ޔޫތް މިނސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހްލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ނުހުންނަމަށާއި އެކޯޕަރޭޝަނާއި މިގެ ކުރިން ހަވާލްކޮށްފައިވާ މަސައްކަތްތައްވެސް ބޭނުންވާ ގޮތަށް ކޮށްދެވިފައިނުވާކަމަށެވެ.
އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ގާބިލް ކަމެއް ނެތް ކުންފުންޏެއް ކަމަށެވެ
މިނިސްޓަރ ވިދާޅުވީ 67 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި އެންމެ ތިން މަހުން ނިންމައިދޭން އެދުނު އެކަންތައް ކޮށްދެވުނީ 1 އަހަރާ ދެ މަސް ފަހުން ކަމަށެވެ. އަދި މުދަލުގެ ޑެމަރޭޖް އެރުމުން އެކަން ހައްލުކޮށްދޭން އެ ކޯޕަރޭޝަނުން އެދުނީ ރައީސް އޮފީހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ސްޕޯޓްސް ކޯޕަރޭޝަންގައި ކެޕޭސިޓީއެއް ނެތް، ކެޕޭސިޓީ ހުރި ކުންފުނިތަކާއި ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސްޕޯޓްސް ކޯޕަރޭޝަނުން، މިނިސްޓްރީގެ ދަށުގައި ހުންނަ ގަލޮޅު ދަނޑުގައި އޮފީސް ހަދައިގެން މިތިބެނީ މިއީވެސް ވަރަށް ކަންބޮޑުވާ މަސައްލައެއް. ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙުމަދު ސަލީމް އިށީންނަވާނެ ގޮނޑިއެއް ނެތް، ކުޅިވަރު އެސޯސިއޭޝަންތައް އޮފީސް ހަދަން ދޭނެ ޖާގައެއް ނެތް އެކަމަކު މިނިސްޓްރީއާ އެއްވެސް ގުޅުމެއް ނެތް އެ ކޯޕަރޭޝަނުން މިނިސްޓްރީގެ އިމާރާތަކަށް ގަދަކަމުން ވަދެމިތިބެނީ“ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުން އޮފީސް ހަދައިގެން ތިބޭ ތިބުމަކީ މިނިސްޓްރީގެ އިމާރާތަކަށް އެމްޓީސީސީ ނުވަތަ އާރްޑީސީސީ ވަދެ ތިބުން ފަދަކަމެއްކަމަށެވެ.
އަދި ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ފައިދާއެއް ނުވާ ކޯޕަރެޝަނެއް ކަމަށާ އެކޯޕަރޭޝަނަކީ ހަމައެކަނި ދުވަސްތަކެއް ފާހަގަކުރަން އޮންނަ ކުންފުންޏެއްކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
”ސްޕޯޓްސް ކޯޕަރޭޝަނަކީ ހަމައެކަނި ހެޕީ ފާދާސް ޑޭ އާއި ހެޕީ މަދާސް ޑޭ ކިޔާފައި ޓްވީޓްކު ރަން އޮންނަ ކުންފުންޏެއް،“ މަހްލޫފް ވިދާޅުވި އެވެ.
ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު ޕްރޮމޯޓް ކުރުމަށް އިސްކަންދީގެން ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ކުންފުންޏެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ އެ ކޯޕަރޭޝާނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދެވެ. މެނޭޖިން ޑިރެކްޓަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ވިކްޓްރީގެ ކުރީގެ ކޯޗު މައުރޫފް އަޙުމަދު (މާއްޓޭ)އެވެ.
One Response
Mahuloofah kuriah dhaane gotheh nengumakee gaabilu kameh nethumakee e koapareyshange massalaeh noon, RY sarukaarun ufedhdhi koapareyshange veemaa uvaalias hama e koapareyshange raajjeyga kankolhu thakugaa spoats ereenaa thakaa ethah staafu dhandeh alhaa natheejaa e othee dhakkaafa dhen aiy jahaa AAA.