ލިމިޓެއްނެތި ސަރުކާރަށް ދަރަނި ނަގަން އަނެއްކާވެސް އެދިއްޖެ

Loading

Facebook
Twitter
WhatsApp

 

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަމާލަން ރުހުން ހޯދަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުއްދައަށް އެދުމުންވެސް މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ އެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް 2023 އޭޕްރީލް މަހާ ހަމައަށް ދަމާލާށެވެ.

އަމީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި މި ހުއްދަ ނުލިބިއްޖެނަމަ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެކަމަށް ފިނޭންސް މިނިސްޓަރގެ ސިޓީގައިވެއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެކަމާ ގުޅޭ ބަހުސްތައް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލަ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ.

އޮވާ ޑްރޯގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން އެކަމަށް ތާއިދު ކުރެއްވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވިދާޅުވީ މިއީ އެއް ގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ އިތުރަށް ދެން ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް