ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި މަތިންދާ ބޯޓް ދުއްވުމަށް ތިބޭކަމަށް އެމްއެންޑީއެފްން އެއްބަސް ވެއްޖެއެވެ.
އެމްއެންޑީއެފުން އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރީ ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތު އޮޅުންފިލުވުމަށް ރޭ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުދެއްވަމުންނެވެ.
އެމްއެންޑީއެފްން ބުނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ 25 ސިފައިންނާއިއެކު އެ ގައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ޖުމްލަ 75 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ.
އެމްއެންޑީއެފްން ހާމަކުރިގޮތުގައި ޑޯނިއާ ދުއްވަން އެކަނި އިންޑިއާގެ 25 ސިފައިން ރާއްޖޭގައި ތިބިއިރު، ދެ ހެލިކޮޕްޓަރު އޮތް ދެ ސަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކު ތިބޭ 25 ސިފައިންތިބެއެވެ.
ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައިގަނޑު ބައިތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާތީ ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެ އަށް މުހިއްމުވާ ކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށާއި ކަނޑު ފޭރޭ މީހުންގެ ނުރައްކަލުން ރައްކާތެރިކަން ހޯދުމަށް ވައިގެ މަގުން ބަލަންޖެހޭ ބެލުންތަކަށް ވެސް ޑޯނިއޯ ބޯޓު މުހިއްމުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޯނިއާ މަތިންދާ ބޯޓަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށް ކުރިން އަޑުފެތުރުނު ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ އެއީ ހަދިޔާކޮށްފައިވާ ބޯޓެއް ނޫން ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ. އެކަމަކު އެ ބޯޓު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ޗީފް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުން ތިބެނީ ކީއްކުރަންކަން ސާފުކުރަން މީގެ ކުރިން މީޑިއާތަކުން ކުރި މަސައްކަތުގައި އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީން ވެސް އެއްބާރުލުންދީފައި ނުވާއިރު އެމައުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މިންވަރު އެމްއެންޑީއެފްން ހާމަކޮށްފައި މިވަނީ އިނދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިންނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދަޑިވަޅެއްގައެވެ.
2 Responses
India Out, Ghahdhaarun Out, mee miyadhu konme dhivehsehge zinmaa
މާރިޔާ ދައިތަމެން ހަދާނީ ދޮގު ކުރިންވެސްހެދީދޮގު އެއްބަސްނުވާންވެގެން. މާރިއާދައިތަމެންގެ ބަސް ޤަބޫލް ކުރާކަށްނުވާނެ އުމަރު ނަސީރު ވިދާޅުވަނީ 200 އަށްވުރެ ގިނަ އިންޑިއާސިފައިން މިރާއްޖޭގައި ތިބޭކަމަށް އުމަރު އެވިދާޅުވީ ހަޤީގަތް ވަރަށް ވަރަށް ސަސފް