މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫ ސިޓީއަށް ލައްގައިފި އެވެ.
މި ބޮޑުމަސް ލައްގާފައިވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ފުއްޓަރު ފަރާތާ ދިމާއަށެވެ.
މަސް ކައިރިން ދުށް މީހަކު ބުނީ މި މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާ މަސް ލައްގާފައިވާ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްއާއި ގުޅިގެން މި މަސް އެތަނުން ނެގުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.